Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 17:04
ކުރީގެ ނައިބުރައީސް އަހުމަދު އަދީބް
ކުރީގެ ނައިބުރައީސް އަހުމަދު އަދީބް
ރާއްޖެއެމްވީ
އަދީބުގެ ސިއްހީ ހާލަތު
އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން
ދައުލަތުން ކޮންމެ ޤައިދީއަކަށްވެސް ސިއްހީ ފަރުވާ ފޯރުކޮށްދޭން ޖެހޭ: ރައީސް މައުމޫން
އަދީބްއަށް އެކަށޭނަ ފަރުވާ ނުލިބޭ ކަމަށް އާއިލާއިން ބުނޭ
ސިސްޓާއި ކިޑްނީ ހިލަ އުފެދުމުގެ އިތުރުން އަދީބަށް ވަނީ ގްލޮކޯމާ ޖެހިފައި

ކުރީގެ ނައިބުރައީސް އަހުމަދު އަދީބް ޖަލުގައި ހުންނެވި ނަމަވެސް، އެމަނިކުފާނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ޖަލުގައި އަދީބް އާލާސްކަންފުޅާ އުޅުންވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަދީބް ވެސް ހިމެނޭ ގޮތަށް، ކޮންމެ ޤައިދީއަކަށް ވެސް ދައުލަތުން އެކަށޭނަ ސިއްހީ ފަރުވާ ދޭން ޖެހޭނެ ކަމަށެވެ.

އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި، އެމަނިކުފާނަށް ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ވަނީ ކަށަވަރުވެފައެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަދީބު ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގި މަރުހަލާގައިވެސް އެމަނިކުފާނު ވަނީ ސިއްހީ މައްސަލަތަކަކާއި ކުރިމަތިލައްވާފައެވެ. އޭރު އާންމުންނަށް އަދީބު ނުދެއްކުމަށް ސަރުކާރުން ވަރަށް ގިނަ ދުވަސް ވަންދެން އަދީބު މާލެ ނުގެނެސް ދޫނިދޫއަށް ޑޮކްޓަރުންނާއި މެޝިނަރީޒް ގެންގޮސްގެން އެމަނިކުފާނަށް ފަރުވާ ދީފައި ވެއެވެ. ނަމަވެސް، މިފަހުން އަދީބު ޑޮކްޓަރަށް ދެއްކުމަށް ގެންނަމުން ދަނީ މާލެއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް