Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 15:07
އޯޝަން ކޮންފަރެންސްގެ ބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވާހަކަފުޅު ދައްކަވަނީ
އޯޝަން ކޮންފަރެންސްގެ ބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވާހަކަފުޅު ދައްކަވަނީ
ޓްވިޓަރ
އޯޝަން ކޮންފަރެންސް
އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ
ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ކަނޑުތަކާއި، މޫދާއި، ކުޅި އަދި ކަނޑުފަޅުގެ ވަސީލަތްތައް ހިމާޔަތް ކުރުން
މި ކޮންފަރެންސްގެ މަޝްވަރާތައް ބިނާވެފައިވަނީ މައިގަނޑު 7 ޕާޓްނަރޝިޕް ޑައިލޮގްގެ މައްޗަށް

ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ކަމަށްވާ "ފެނުއަޑީގެ ދިރުން" އަށް އަމާޒުކޮށްގެން "ދި އޯޝަން ކޮންފަރެންސް" ގެ ނަމުގައި ޖޫން މަހުގެ 5 ވަނަ ދުވަހު އ.ދ ގެ މައި މަރުކަޒުގައި ފެށިގެން ކުރިއަށްދާ ކޮންފަރެންސް މި މަހުގެ ވަވަ ވަނަ ދުވަހު ނިމޭނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

 

އދ. ގެ މައިމަޒރުކަޒުގައި ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ކަނޑުތަކާއި، މޫދާއި، ކުޅި އަދި ކަނޑުފަޅުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް އެހީތެރިވުމެވެ. މިގޮތުން މި ކޮންފަރެންސްގެ ނަތީޖާއެއް ކަމުގައިވާނީ ޤައުމުތަކުން އިއްތިފާޤުވެގެން އިޢުލާން ކުރެވޭ "ކޯލް ފޮރ އެކްޝަން" އެކެވެ. މި ކޮންފަރެންސްއަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާ 5 ޖޫން އަދި ދުނިޔޭގެ ކަނޑުގެ ދުވަސްކަމަށްވާ 8 ޖޫން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފެރެންސްއެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

 

މި ކޮންފަރެންސްގެ މަޝްވަރާތައް ބިނާވެފައި ވަނީ މައިގަނޑު 7 ޕާޓްނަރޝިޕް ޑައިލޮގްގެ މައްޗަށެވެ. މި ޑައިލޮގްތަކުގެ މަޢުޟޫޢުތަކުގެ ތެރޭގައި، ޕްލާސްޓިކް މަދުކުރުން، ދެމެހެއްޓެނިވި މަސްވެރިކަން، މެރިން ޓެކްނޮލޮޖީ އާއި ގުޅޭ ސައިންޓިފިކް ޢިލްމު އިތުރުކުރުން ހިމެނެއެވެ.

 

ހަމައެހެންމެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލްކުރުމާ ގުޅޭ ގޮތުން އެކިއެކި ޤައުމުތަކުން މި ކޮންފަރެންސްގައި އެކި ޕޭފަރުތައް ހުށަހެޅުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލްކުރުމުގެ ގޮތުން ކުރެވިފައިވާ، ކުރަމުންދާ އަދި ކުރުމަށް ރޭވިފައިވާ ކަންތައްތަކެއް، "ވޮލަންޓަރީ ކޮމިޓްމަންޓްސްގެ ނަމުގައި ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

 

މިގޮތުން ދިވެހިރާއްޖެއިން ވެސް ވޮލަންޓްރީ ކޮމިޓްމަންޓްސްގެ ގޮތުގައި، ދިވެހިރާއްޖެއިން ކުރަމުންދާ އަދި ކުރުމަށް ރޭވިފައިވާ ޕްލާސްޓިކް މަދުކުރުމާއި، މަސްވެރިކަމާއި، ކަނޑު ފަޅުގެ މާހައުލު ހިމާޔަތްކޮށް ދެމެހެއްޓުމާ ގުޅޭ މަސައްކަތްތައް މި ކޮންފަރެންސްއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

 

 މި ކޮންފެރެސްއާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" (އެއޯސިސް) ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރޯލް މި ކޮންފަރެންސްގައި ބޮޑުވެފައި މުހިންމެވެ. މިކޮންފަރެންސްގައި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކާއި ގުޅުންހުރި އެކިދާއިރާތަކާއި ކަންކަމާއި ބެހޭގޮތުން މަޝްވަރާތައް ކުރެވި، ނިންމުންތައް ނިންމޭނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްބޭފުޅެއްގެ ހައިސިއްޔަތުން ވަޑައިގެންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ. މި ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރގެ އިތުރުން މިނިސްޓްރީއޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް