ކ. މާލެ
|
19 އޭޕްރިލް 2022 | އަންގާރަ 20:46
މެޗުގައި ރައީސުލްޖުމްހޫރިއްޔާ ކުޅުއްވި
މެޗުގައި ރައީސުލްޖުމްހޫރިއްޔާ ކުޅުއްވި
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވާ
ރަމަޟާން ކްރިކެޓް ކާނިވާ: ޔޫތް މިނިސްޓްރީ ދެ މެޗުންވެސް މޮޅު
މެޗުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުއްވި

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އޮފީސް މުބާރާތުގައި ޔޫތް މިނިސްޓްރީގެ ޓީމް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ޔޫތް މިނިސްޓްރީ ދެވަނަ މެޗު ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމާ ވާދަކޮށް 27 ލަނޑުންނެވެ.

ޔޫތް މިނިސްޓްރީން ވަނީ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 142 ލަނޑު ހަދާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމަށް އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 115 ލަނޑެވެ. މެޗުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްއާއި, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުޅުއްވިއެވެ. ޔޫތް މިނިސްޓްރީން ވަނީ ފުރަތަމަ މެޗުގައި މުލީއާގެ ރިކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. ޔޫތް މިނިސްޓްރީގެ ދެމެޗުގައިވެސް މިނިސްޓަރ އަހުމަދު މަހުލޫފް ކުޅުއްވިއެވެ.

މުބާރާތުގައި އެމްއެމްއޭ ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. ފުރަތަމަ މެޗުން ބަލިވެފައިވަނިކޮށް, އެމް.އެމް.އޭ ދެވަނަ މެޗު ކާމިޔާބުކުރީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއާ ވާދަކޮށް ހަތް ވިކެޓުންނެވެ. އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހަޔަރ އެޑިކުކޭޝަންގެ ޓީމަށް ހެދުނީ 98 ލަނޑެވެ. އެމްއެމްއޭއިން ވަނީ 6.2 އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 100 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފައެވެ. ހަޔަރ އެޑިއުކޭޝަން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

- ކޮމެންޓް