ކ. މާލެ
|
19 އޭޕްރިލް 2022 | އަންގާރަ 11:33
ފުލުހުން ސީންއެއް ތަޙުޤީޤުކުރަނީ - ބައެއް ފަހަރަށް މީސްމީޑިޔާގެ ސަބަބުން ތަޙުޤީޤަށް ހުރަސް އެޅޭ
ފުލުހުން ސީންއެއް ތަޙުޤީޤުކުރަނީ - ބައެއް ފަހަރަށް މީސްމީޑިޔާގެ ސަބަބުން ތަޙުޤީޤަށް ހުރަސް އެޅޭ
ރާއްޖެއެމްވީ
އިޖްތިމާއީ ރިޕޯޓް
މީސްމީޑިއާއިން "ހުކުމް" އިއްވުން ބޮޑު ބިރަކަށް...
ހަޤީގަތް ހާމަވާއިރު ދިމާ އިދިކޮޅަށް ކަންކަން ނިމިފައި ހުރޭ
ތަޙުޤީޤުގެ ކުރިން އޮންނަނީ މުޅި ދުނިޔެއަށް ހާމަވެފައި
އިދާރާތަކަށް ހުރަސްއެޅުމުގެ ކުރިން ދޫކޮށްލެވެނީ ސްޓޭޓަސްއަށް

މީގެ ދުވަސްކޮޅެއް ކުރިއެވެ. މާލޭގެ ސްކޫލެއްގެ ތުއްތު ކުދިންނަށް އެހީތެރިވެދޭ އެސްކޫލުގެ މަސައްކަތު މީހަކާމެދު ފެތުރުނު ޚަބަރެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިމަށެވެ. ތެދެކެވެ. ކުޑަކުއްޖަކާ ގުޅޭ އެފަދަ ކަމެއް ހިނގިއެވެ. ފުލުހުން ބަލަންވެސް ފެށިއެވެ. ތަޙުޤީޤު ކުރިއަށްދާތީ ސްކޫލުން އެމީހާ ސަސްޕެންޑުވެސް ކުރިއެވެ. އޮންނަ އުސޫލުން އެކަން ކުރިއަށް ދިޔައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން އެކިބާވަތުގެ ތަހުލީލުތައް ކުރިއެވެ. ކަމުގެ ސީރިއަސްކަމުން ފުލުހުން ނުފޮރޮޅާ ހަމަ އެންމެ ގަލެއްވެސް ނެތެވެ. އެކަމަކު އެއަށްވުރެ އަވަހަށް މީސް މީޑިއާގައި އެމީހާއާމެދު ގޮތް ނިންމިއެވެ. ތަޙުޤީޤު ނުނިމެނީސް ހުކުމް ކުރިއެވެ. މުޅި އުމުރު ކަހަލަ ގޮތަކަށް އެސްކޫލުގައި ހޭދަކުރި އެމުސްކުޅި މީހާއަށް ނުގޮވާ އެއްޗެއް ނެތެވެ. އާޚިރުގައި ވީގޮތް އެނގޭ ހެއްޔެވެ. ތަޙުޤީޤު ނިމުނުއިރު ހަޤީގަތް އޮތީ ދިމާ އިދިކޮޅަށެވެ. އެކުއްޖާ އަމިއްލައަކަށް ޖިންސީ ގުނަވަން ކަހާލުމުން ހަންމެށި ކަމެއް ދިމާވެފައި ހުއްޓާ ތާހިރުކޮށްދޭން އެމީހާ ފެންޖަހައިދިން ވަގުތު ނަގައިގެން ދިލަޔަށް އެކުއްޖާ ކުރި ޝަކުވާއެކެވެ. އެކުއްޖާއަށް ބުނެވުނު "ދައްތަ ތަދުކޮށްލީ" އިން ހިނގި ކަމެކެވެ. އެކަމަކު އެކަން ކޮޅެއްގައި ޖެހުނުއިރު ވާނެހައެއްޗެއް އޮތީ ވެފައެވެ. މީސްމީޑިއާއިން އެމީހާއަށް ގޮވި އެއްޗިއްސާއި ކުރި އާޑަފުރައްސާރައިން އެމީހާ ވަނީ ނުކުމެ ނޫޅެވޭ ވަރަށް ފަޟީޙަތްވެ ނިމިފައެވެ.

އެފަދަ އެހެން ކަމެކެވެ. އެންމެން ދަންނަ މަޝްހޫރު މީހެއްގެ ކުރީގެ އަންހެނުންނެވެ. ދެމީހުންގެ ދެމެދުގައި ހިނގި ކަމެއްގެ ރުޅިގަނޑު ފޭސްބުކަށް ތިލަކޮށްލިއެވެ. އެކެއްގެ އަބުރު ކަތިލެވި މުޅި މީހާ ފަޟީހަތްވިއެވެ. ބޮޑު ތަހުގީގެއް ފެށި ކޯޓާހަމައަށްވެސް ދިޔައީއެވެ. ހަޤީގަތް ހާމަވީ މާފަހުންނެވެ. އެމީހާ ގަސްދުގައި ކުރިކަމެއްކަމެވެ. އޭރުވެސްއޮތީ ވާނެހައެއްޗެއް ވެ ނިމިފައެވެ.

ދަންނަވަން މިއުޅެނީ ފަހަކަށް އައިސް މީސް މީޑިއާގައި ކަންކަން ހާމަކޮށްލަނީ މާއަވަހަށެވެ. މަގުމަތިން ހިނގާ ކަންކަމުގައެވެ. ގޭތެރޭގައި އާއިލީ ބައެއް ކަންކަމުގައެވެ. ރައްޓެހި ރަހުމަތްތެރިންނާއި ދަންނަ މީހުންނާ ބެހޭގޮތުންނެވެ. ރައްޓެހިވެގެން އުޅޭ ދެމީހުންނާއި ދެމަފިރިންގެ ދެމެދުގައި ހިނގާ ބައެއް ކަހަލަ ހިތްހަމަނުޖެހުންތަކުގައެވެ. އެކަންކަމުގައި އަންނަ ރުޅިގަނޑު ފުރަތަމަވެސް ހިއްސާކޮށްލެވެނީ ފޭސްބުކްގެ ސްޓޭޓަސްއަށެވެ. ނޫންނަމަ ޓްވިޓަރފަދަ ކޮންމެވެސް އެހެން މީސްމީޑިއާއެއް މެދުވެރިކޮށެވެ. ކަމެއް ދިމާވުމުން ފުލުސް އޮފީހަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް މައްސަލަ ހުށަހެޅުމުގެ ކުރިން ނުވަތަ އޭގެ ބަދަލުގައި ހުށަހެޅެނީ މީސްމީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށެވެ. އެހާހިސާބުން ތަޙުޤީޤަކާއި ޝަރީއަތެއްނެތި އެމީހަކާމެދު ހުކުމް އިއްވެއެވެ. މައްސަލަ ގޯހުން ގޯހަށްގޮސް އަތް ނުފޯރާ ވަރަށް މައްސަލަ ބޮޑުވެގެންދެއެވެ. މިހާރުގެ ގޮތުންނަމަ "ރިއަލައިޒް" ވާއިރު އޮންނަނީ ކަންވެ ނިމިފައެވެ. ބައެއް ފަހަރަށް އިންސާފު ބޭއިންސާފަށް ބަދަލުވެ ހިތާމައާއި މޮޅިވެރިކަން ތަހައްމަލް ކުރަން ޖެހިފައެވެ.

ކޮންމެއަކަސް ކަމެއް ދިމާވީމާ ފުލުހުން ތަޙުޤީޤު ކުރާނެއެވެ. ތުހުމަތު ކުރެވޭ މީހުން ބަންދުވެސް ކުރާނެއެވެ. އެއީ ފުލުހުންގެ ޤާނޫނުގައި އޮންނަ ގޮތެވެ. އެވެރިންގެ ޒިންމާއާއި ވާޖިބެވެ. އެކަމަކު އޭގެ ކުރިން މީސްމީޑިއާގައި ގޮތް ނިންމައި ކުށްވެރި ނުވަނީސް އެމީހާ ނޮޅާލުމަކީ މިހާރު ވިސްނާލަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ހޭލުންތެރިވާންވެއްޖެ ކަމެކެވެ. ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލު ގެނެސްގެން ނަމަވެސް ހައްލުކުރަން ޖެހިއްޖެ ކަމެކެވެ.         

- ކޮމެންޓް
19 އޭޕްރިލް 2023 | ބުދަ 16:53
ޢަބްދުﷲ
ތިއީ ވަރަށް ޑަބަލް ސްޓޭންޑާޑް ވާހަކައެއް. އަމިއްލައަށް އަމަލު ނުކުރާ ވާހަކައެއް. ވަކި ބަޔަކަށް އެކަނި އަމާޒުކޮށް އޮތް ވާހަކައެއް. އަޅުގަނޑަކީ އައްޑޫގައި ބޮން ގޮއްވަން އުޅޭ ކަމަށް ބުނެ ނޮވެމްބަރު 11، 2022 ވަނަ ދުވަހު ނުހައްގުން ހައްޔަރު ކުރެވުނު 14 މީހުންކުރެ އެކަކު.. ފުލުހުން ބުނީ ބޮމެއް ގޮއްވާލަން ބޭނުން ކުރެވޭން އެއްޗިހި އަހަރުމެންގެ ގޭގެއިން ފެނުނު ކަމަށް. އަދި އަހަރުމެން އުޅުނީ ރާއްޖޭގެ އެކި ތަންތާ ޑްޜޯން ހަމަލާ ދޭށެވެ. ކަންވެ ނިމުނުއިރު ޕީޖީއަށް ފޮނުވާނެވަރުވެސް ނެތް. ހެކީގެ ގޮތުގަ ނަގާފަ ހުރީ މާމުއި ފުޅިތަކާއި ކަޅުދިރި ޕެކެޓްތަކެއް.. އެކަމް ރާއްޖޭގެ ހުރިހާ މީޑިއާތަކުން އަހަރުމެންނަކީ ބޮޑެތި ޓެރަރިސްޓުންގެ ގޮތުގަ ލޭބަލްކުރި.