Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 08:21
އަހްމަދު މަހްލޫފް: ހުކުރު ދުވަހު މިނިވަން ވާނެ
އަހްމަދު މަހްލޫފް: ހުކުރު ދުވަހު މިނިވަން ވާނެ
ރާއްޖެއެމްވީ
މަހްލޫފް
މަހްލޫފް މިނިވަންވުމާއެކު ހުކުރު ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް
ޚާއްޞަ ތަރާވީހެއްވެސް އެރޭ އޮންނާނެ
މަހްލޫފްގެ ހުކުމުގެ މުއްދަތު ހަމަވާނީ ހުކުރު ދުވަހު
މަހްލޫފް ދޫކޮށްލުމަށް އދ ގެ ވޯކިން ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއިންވެސް ވަނީ ގޮވާލާފައި

ޖަލުގައި އޮންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް މިނިވަންވުމާއެކު ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީ ސެކްރެޓޭރިއަޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޔޫއޯގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް މިނިވަން ވުމާ ގުޅިގެން ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއަކާއި ތަރާވީހަކަށް ދައުވަތު އަރުވާ ކަމަށެވެ.

މި ޖަލްސާ ބާއްވާނީ މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ރޭ 9:45 ގައި އެމްޑީޕީ ހަރުގޭގައެވެ.

އެދުވަހަކީ މަހްލޫފަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒްކޮށް ނިމި މިނިވަންވާނެ ދުވަހެވެ.

މަހްލޫފަށް ކޮށްފައިވާ ހުކުމްގެ މުއްދަތު ހުކުރު ދުވަހަށް ހަމަވާއިރު މަޚްލޫފް ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މަޚްލޫފު ޖަލަށްލި މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.

މަޚްލޫފު ދޫކޮށްލުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަޚްލޫފަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިިދިނުމަށްވެސް އދ. ވަރކިން ގްރޫޕުން ވަނީ ގޮވާލާފައެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ މަޚްލޫފްގެ މައްޗަށް ސާބިތުކޮށް އޭނާގެ މައްޗަށް ފުރަތަމަ އިއްވީ 6 މަސްދުވަހުގެ ޖަލުކުކުމެކެވެ .މަޚްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފައެވެ. އަދި މި މައްސަލަ މަޚްލޫފްގެ ފަރާތުން އިސްތިއުނާފަށް ހުށައެޅުމުން މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށާފައިވަނީ 6 މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމުނުތާ 4 މަސް ވީފަހުންނެވެ. އަދި އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާ އަންނަ ބުރާސްފަތި ދުވަހު ހުކުމް ކުރާނެއެވެ.

މަޚްލޫފް މިހާރު ތަންފީޒް ކުރައްވަމުން އެ ގެންދަވަނީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް