ދިވެހި ބަހުގެ ދުވަސް 2022

އަލްޢައްލާމާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން 14 އޭޕުރީލު 1881 - 20 ސެޕްޓެމްބަރު 1948 (ރަޙިމަހުﷲ) މި މަނިކުފާނަކީ ދިވެހި ގައުމަށް ދީނީ، ޝަރުޢީ، ޤާނޫނީ، ސިޔާސީ، ޢިލްމީ، ތަޢުލީމީ، ތާރީޚީ ސަގާފީ، އަދަބީ، ބަހަވީ އެންމެ ގިނަގުނަ ޚިދުމަތް ކުރެއްވި ޢިލްމުވެރިއެކެވެ. އެންމެ ގިނަ ފޮތްތައް ލިޔުއްވި ޢިލްމުވެރިއެކެވެ. (ދިވެހި ބަހުގެ ރިވެތިކަމާއި ފުރިހަމަކަން ދޭހަވާ އަދި ދިވެހިންގެ އެންމެންގެ އެންމެ ބޮޑު މަޤްބޫލުކަން ލިބިފައިވާ ސީރަތުއް ނަބަވިއްޔާ ލިޔުއްވި ޢާލިމުވެސްމެއެވެ.)

20ވަނަ ޤަރުނުގެ ފުރަތަމަ 50 އަހަރު އުފެދުނު ރާއްޖޭގެ އެންމެ ގިނަ ޢިލްމުވެރިންގެ އުސްތާޛެވެ. ރާއްޖޭގެ އެންމެ ފަޚުރުވެރި މަދުރަސާގެ (އަޞްލު ޞަލާޙިއްޔާ ނަމުން މަޖީދިއްޔާ) ޙަޤީޤީ ބާނީއެވެ.

ދިވެހި އެންމެތަކުންގެ ޤަދަރާއި އިޙްތިރާމާއި ލޯބި ލިބިވަޑައިގެންނެވި ޢާލިމެކެވެ.

30 އަހަރަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފަނޑިޔާރު މަނިކުފާނެވެ. (އެންމެ ގިނަ ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވުމުގެ ރިކޯޑެވެ.)

ރާއްޖޭގެ ދުސްތޫރީ އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީރުލްހައްޤާނިއްޔާ (މިނިސްޓަރ އޮފް ލޯ، ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް)އެވެ.

ވަޒީރުލްޙައްޤާނިއްޔާގެ (1932-1934) މަސްޢޫލިއްޔަތު ހިމެނޭ ވުޒާރާއެއް އޭގެފަހުން މިހާތަނަށް މިރާއްޖޭގައި އުފެދިފައެއްވެސް ނުވެއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރާއިރު ދިވެހި ބަހުގެ މިއަދުގެ ހާލަތާއިމެދު ފިކުރުކޮށް ހިތާމަކުރަން ޖެހެއެވެ.

ދިވެހި ބަހަކީ ދިވެހީންގެ ފަޚުރެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ބިންގަލެވެ. ވީމާ، ދިވެހި ބަހަށް ލިބޭ ކޮންމެ ގެއްލުމަކީ، ނިކަމެތިކަމަކީ ދިވެހި ޤައުމިއްޔަތަށް ލިބޭ ނިކަމެތިކަމެކެވެ. ދެރައެކެވެ.

ދިވެހީންގެ ބަސް - ދިވެހި ބަހުގެ މިއަދުގެ ހާލަތުގެ އަންދާޒާއެއް

ދައުލަތުގެ ރަސްމީ މުއާމަލާތުގައި 50 އިންސައްތަ (50 އިންސައްތަ ދިވެހި ބަހެއް ނޫން)

އަމިއްލަ އޮފީސްތައް

70 އިންސައްތަ (30 އިންސައްތަ ދިވެހި ބަހެއް ނޫން)

އިޖުތިމީ ދާއިރާ

އަމިއްލަ ފަރުދީ ޖަމާއަތުގެ އިޖުތިމާއީ މުއާމަލާތުގައި 60 އިންސައްތަ (40 އިންސައްތަ ދިވެހި ބަހެއް ނޫން)

ތައުލީމު 30 އިންސައްތަ

(70 އިންސައްތަ ދިވެހި ބަހެއް ނޫން)

ސިއްހަތު

20 އިންސައްތަ (80 އިންސައްތަ ދިވެހި ބަހެއް ނޫން)

އިގުތިސާދީ ދާއިރާތައް

ފަތުރުވެރިކަން 10 އިންސައްތަ (90 އިންސައްތަ ދިވެހި ބަހެއް ނޫން)

ވައިގެ ދަތުރުފަތުރު

20 އިންސައްތަ (80 އިންސައްތަ ދިވެހި ބަހެއް ނޫން)

އާންމު ވިޔަފާރި

30 އިންސައްތަ (70 އިންސައްތަ ދިވެހި ބަހެއް ނޫން)

އުމްރާނީ

30 އިންސައްތަ (70 އިންސައްތަ ދިވެހި ބަހެއް ނޫން)

ހަގީގީ ދިވެހީންނަށް އެންމެ ކަމުދަނީ ބަސްބަހާބެހީގެ ތެރެއިން ދިވެހި ބަހެވެ. ވަސްވަހާވެހީގެ ތެރެއިން ދިވެހި ވަހެވެ. (ދިވެހި ވެހީގެ މާމެލާމެލީގެ މީރުވަސް) ދިވެހި ކަނޑުފަރުގެ މަސްމަހާމެހި، މިވެހި ބިންބިމުގެ ގަސްގަހާގެހި، މިވެށި ގަސްގަހުގެ ފަތްޕިލާވެލި ރިވެތި މާމަލުގެ މާމެލާމެލިއެވެ.

0%
0%
0%
0%
25%
75%