ކ. މާލެ
|
17 އޭޕްރިލް 2022 | އާދީއްތަ 17:26
ކޫއްޑޫގައި މަސްކިރުވާ ސަރަހައްދު
ކޫއްޑޫގައި މަސްކިރުވާ ސަރަހައްދު
ފަރެސްމާތޮޑާ މަސްވެރިއެއް
މަސް ފިނިކުރުމުގެ ޖާގަ އިތުރު ކުރުން
ދެކުނުގައި މަސް ފިނި ކުރުމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި
ބޯޓުފަހަރު ހިމެނޭ ގޮތަށް މިހާރު ދެކުނުގައި މަސް ފިނުކުރުމުގެ ކެޕޭސިޓީއަކީ 500 ޓަން
ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކޮށް އެކަމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ
ކުރިން 5 ޓަނުގެ މަސް ކޮންމެ ދޯންޏަކުން ކިރޭ ގޮތަށް އޮތް ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ދޯންނަކުން 7 ޓަނުގެ މަސް ކިރޭނެ

ކޫއްޑޫގެ އެކްސްޕޭންޝަން މަސައްކަތަށް މަސް ފިނި ކުރުމުގެ ޖާގަ އިތުރު ކުރުމަށް މަސައްކަތް ސަރުކާރާއެކު ފަށާފައިވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ ވިދާޅުވީ، ކޫއްޑޫގައި މިހާރު ހުރި ކެޕޭސިޓީއަށް ބަލައި، ގެންނަ މަސް މެނޭޖް ކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. ފައުޒީ ވިދާޅުވީ، މިކަމުގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކޮށް އެކަމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފައުޒީ ވިދާޅުވީ، ކޫއްޑޫގައި މަސް ފިނުކުރުމުގެ ކެޕޭސިޓީ 1000 ޓަނަށް އިތުރު ކުރެވެން ޖެހޭ ކަމަށެވެ. އޭރުން މަސްވެރިކަން ރަނގަޅު މިފަދަ ދުވަސްވަރުގައި ދޯނިތަކުން ގެންނަ މަސް ކިރުމުގައި މިހާރު ދިމާވާ ގޮންޖެހުންތައް ދިމާވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ފައުޒި ވިދާޅުވިއެވެ. ބޯޓުފަހަރު ހިމެނޭ ގޮތަށް މިހާރު ދެކުނުގައި މަސް ފިނުކުރުމުގެ ކެޕޭސިޓީއަކީ 500 ޓަނެވެ.  

ފައުޒީ ވިދާޅުވީ، މިހާރު މަސްކިރުމުގެ ކަންކަން އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ. އެކަމަށްޓަކައި އޮޑިވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިއީ ދެކުނުގެ މަސްވެރިކަން މިހާތަނަށް އެންމެ ރަނގަޅު ދުވަސްވަރު ކަމަށް މަސްވެރިން ބުނަމުންދާކަމަށް ފައިޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ، އެވްރެޖްކޮށް ބާނާވަރަށްވުރެ އިތުރަށް ދޯނިތަކުން މަސްބާނަމުންދާ ކަމަށެވެ. ކުރިން 5 ޓަނުގެ މަސް ގެންނަ ދޯނި ފަހަރުން 20-30 ޓަނުގެ މަސް މި ދުވަސްވަރު ގެންނަކަން ފައުޒީ ފާހަގަކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ، އައިސް އަޅައިގެން  ހަތަރު ދުވަސް ނުވަތަ ފަސް ދުވަހަށް މަސް ކޮލިޓީކޮށް ބެހެއްޓޭ ދޯނިތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ބައެއް ދޯނި ފަހަރަކީ، މިފްކޯ އައިސް ޕްލާންޓުން އައިސް އަޅައިގެން އައިސް ކިއުގައި އޮންނައިރުވެސް އިތުރަށް އައިސް ބޭނުންވާ ދޯނިފަހަރުތައް ކަމަށެވެ. މިކަމުންވެސް މަހުގެ ކޮލިޓީއަށް ބަދަލު އަންނަ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައިޒީ ވިދާޅުވީ، މަސްކިރުމުގައި މަހުގެ ކޮލިޓީއަށް ވަރށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

ކުރިން 5 ޓަނުގެ މަސް ކޮންމެ ދޯންޏަކުން ކިރޭ ގޮތަށް އޮތް ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ދޯންނަކުން 7 ޓަނުގެ މަސް ކިރޭނެ ކަމަށެވެ. މިހާރު އޮތް ގޮންޖެހުމަކީ ގިނައިން މަސް ބާނައިގެން އަންނަ ބޮޑެތި ދޯނިފަހަރު ގިނަ ދުވަހު މަޑުކުރަން ޖެހުން ކަމަށެވެ. ދެކުނުގައި ހުރި އައިސް ޕްލާންޓްތަކުގައި ހުރި މައްސަލަތައްވެސް ހައްލުކޮށް ދޯނި ފަހަރަށް އައިސް ބޭނުންވާ މިންވަރަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

- ކޮމެންޓް