ކ. މާލެ
|
16 އޭޕްރިލް 2022 | ހޮނިހިރު 19:32
ކުންފުނި މުބާރާތުގައި ދެޓީމް ވާދަކުރަނީ، އޮފީސް މުބާރާތްވެސް ފަށައިފި
ކުންފުނި މުބާރާތުގައި ދެޓީމް ވާދަކުރަނީ، އޮފީސް މުބާރާތްވެސް ފަށައިފި
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވާ
ރަމަޟާބް ކްރިކެޓް ކާނިވާ: އޮފީސް މުބާރާތުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކުރީ ޕޮލިހާއި މީރާ
އޮފީސް މުބާރާތުގެ ދެމެޗު އާދިއްތަ ދުވަހުވެސް ކުޅޭނެ

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އޮފީސް މުބާރާތުގެ ފުރަތަމަ ދެމެޗު މީރާއާއި, ޕޮލިސް ކްލަބް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗު މީރާ ކާމިޔާބުކުރީ އެމް.އެމް.އޭއާ ވާދަކޮށް ފަސް ވިކެޓުންނެވެ. އެމްއެމްއޭ ފުރަތަމަ ކުޅެން އަރާ އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. މީރާއިން ވަނީ 5.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 85 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. މިގްރޫޕްގައި ދެން ހިމެނެނީ އިމިގްރޭޝަންއާއި, ހަޔަރ އެޑިއުކޭޝަންއާއި, އަދި ދިވެހި ސިފައިންގެ ކްލަބެވެ.

ޕޮލިސް ކްލަބް މެޗު ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވާދަކޮށް ފަސް ވިކެޓުންނެވެ. މެޗުގައި ރައީސް އޮފީހުގެ ޓީމް ފުރަތަމަ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވިރިއު ހެދުނީ 114 ލަނޑެވެ. ޕޮލިސް ކްލަބުން ވަނީ 6.4 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 115 ލަނޑު ހަދާފައެވެ. ގްރޫޕް ބީގައި މިދެޓީމްގެ އިތުރުން ހިމެނެނީ އެމް.އާރު.ސީއާއި, ޔޫތް މިނިސްޓްރީއާއި, ސީއާރުސީއެވެ

- ކޮމެންޓް