Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 02:50
ގަތަރާއި އެކު އޮތް ގުޅުން އަލުން އިއާދަކުރުމަށް މައުމޫނު ފެކްޝަނުންވަނީ ގޮވާލާފައި
ގަތަރާއި އެކު އޮތް ގުޅުން އަލުން އިއާދަކުރުމަށް މައުމޫނު ފެކްޝަނުންވަނީ ގޮވާލާފައި
ގޫގުލް
ގަތަރުގެ މައްސަލަ
ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން
ރާއްޖެއިން ގަތަރާއިއެކު އޮތް 33 އަހަރުގެ ޒަމާންވީ ގުޅުން ކަނޑާލުމަކީ، ވަރަށް ކަންބޮޑުވިކަމެއް
ރާއްޖެއިން މި ހުރިހާ ދުވަހުވެސް އޮތީ ބޭރުގެ ވަކި ކޮޅަކަށް ބުރަނުވެ
ވަކި ބައެއްގެ ނުފޫޒް ރާއްޖޭގެ މައްޗަށް ފޯރާފައިވާކަން ހާމަވޭ

ރާއްޖެއިން ގަތަރާއި އެކު އޮތް ޒަމާންވީ ގުޅުން  ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއްކަމަށް ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނުން ބުނެފިއެވެ.

ރައީސް މައުމޫން ފެކްޝަނުން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ގަތަރާއިއެކު އޮތް 33 އަހަރުގެ ޒަމާންވީ ގުޅުން ކަނޑާލުމަކީ، ވަރަށް ކަންބޮޑުވިކަމެއްކަމަށެވެ. އަދި މި ކަމަކީ ދުނިޔޭގެ ގައުމުތަކާއި ވަކިވެގަތުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަޔަށް ފެނިގެންދިޔަ ކަމެއްކަމަށެވެ.

ބައިނަލްއަޤުވާމީ މަސްރަހުގައި ރާއްޖެއިން މި ހުރިހާ ދުވަހުވެސް އޮތީ ވަކި ކޮޅެއްނުނަގާ ވަކި ފާރާތަކަށް ބުރަނުވެ، މިނިވަން ކަމާއިއެކު ކަމަށާއި، އެހެންނަމަވެސް  2013 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައިފަހުން މިވީ ތިން އަހަރު ތެރޭ ބޭރުގެ ގައުމުތަކާއި، ޖަމާއަތްތަކާއި އޮތް ގުޅުން ކަނޑާލަމުންދާ ދިއުމަކީ ވަކި ބައެއްގެ ނުފޫޒް ރާއްޖޭގެ މައްޗަށް ފޯރާފައިވާކަން ހާމަވާކަމެއްކަމަށް މި ބަޔާނުގައިވެއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީފަހުން އިރާން އާއި ގުޅުން ކަނޑާލައި، ކޮމަންވެލްތުން ވަކިވެ، އަދި މިހާރު ގަތަރާއި ގުޅުން ކަނޑާލި ކަނޑާލުމަކީ ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ކުރިކަމެއްކަމަށް މައުމޫނު ފެކްޝަނުން ތުހުމަތުކުރެއެވެ.

ވަކިފަރާތަކަށް ބުރަނުވެ ގަތަރާއި އެކު އޮތް ގުޅުން އަލުން އިއާދަކުރުމަށް ރައީސް މައުމޫނުގެ ފެކްޝަނުން ވަނީ ދިވެހިސަރުކާރަށް ގޮވާލާފައެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް