ކ. މާލެ
|
13 އޭޕްރިލް 2022 | ބުދަ 06:55
ރަމަޟާން ކްރިކެޓް ކާނިވަލްގެ މެޗެއްގެ ތެރެއިން
ރަމަޟާން ކްރިކެޓް ކާނިވަލްގެ މެޗެއްގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވާ
ރަމަޟާން ކްރިކެޓް: 4 މެޗުންވެސް މޮޅުވެ، އޭއާރުސީ ސެމީއަށް!
ސެމީފައިނަލް ދެމެޗު ކުޅޭނީ ބުރާސްފަތި ދުވަހު

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އޯޕަން ޓޭޕްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް އެއާޕޯޓް ރެކްރިއޭޝަން ކްލަބް (އޭއާރުސީ) ސެމީފައިނަލުން ޖާގަ ޔަޤީންކޮށްފިއެވެ. ފަސް ޓީމް ހިމެނޭ ގްރޫޕް އޭގައި އޭއާރުސީން ވަނީ ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހުމެޗު ކާމިޔާބުކުރީ ގަލޮޅު ކަންމަތި ބަނަފްސާއާ ވާދަކޮށް 7 ވިކެޓުންނެވެ. މެޗުގައި ފުރަތަމަ ގަލޮޅު ކަންމަތި ކުޅެން އަރާ 7 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެއާޕޯޓް ރެކްރިއޭޝަން ކްލަބުން ވަނީ 4.2 އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 95 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ އޭއާރުސީއެވެ.

މިގްރޫޕްގައި ދިވެހި ސިފައިންގެ ކްލަބާއި އެވިއާ މޯލްޑިވްސް ވާދަކުރި މެޗު ކާމިޔާބުކުރީ އެވިއާ މޯލްޑިވްސްއެވެ. އެއީ 6 ވިކެޓުންނެވެ. ސިފައިން ފުރަތަމަ ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވިއިރު ހެދުނީ 105 ލަނޑެވެ. އެވިއާ މޯލްޑިވްސްއިން ވަނީ 6.4 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 109 ލަނޑު ހަދާފައެވެ.

މުބާރާތުގެ ސެމީފައިނަލް ދެ މެޗު ކުޅޭނޫ ބުރާސްފަތި ދުވަހުއެވެ. ގްރޫޕް ސްޓޭޖް ފަހު ދެމެޗު ބުދަ ދުވަހު ކުޅޭނެއެވެ.

- ކޮމެންޓް