ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 02:17
އެމަޖެންސީގައި މޯލްޑިވިއަންގެ ފްލައިޓެއް ވީއައިއޭގައި ޖެއްސުން
އެމަޖެންސީގައި މޯލްޑިވިއަންގެ ފްލައިޓެއް ވީއައިއޭގައި ޖެއްސުން
ވެލާނާ އެއާޕޯޓް
އެމަޖެންސީގައި މޯލްޑިވިއަންގެ ފްލައިޓެއް ޖެއްސުން
މޯލްޑިވިއަންގެ ޑޭޝް8 ގެ ފްލައިޓް، އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފި
އެމަޖެންސީގައި ޖައްސަން ޖެހުނީ ލޭންޑިން ގިއަރަށް ދިމާވި މައްސަލައަކާ ގުޅިގެން
މައްސަލަ ދިމާވީ ކޫއްޑޫއިން ފުރައިގެން ކައްދޫ އެއަރޕޯޓުގައި ޖައްސަން ދަނިކޮށް
ފްލައިޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

މޯލްޑިވިއަންގެ ޑޭޝް8 ގެ 300 Q8-IAP ފްލައިޓް އެމަޖެންސީގައި ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފިއެވެ. ފްލައިޓުގެ ލޭންޑިން ގިޔަރަށް މައްސަލައެއް ކުރިމަތިވީ އެފްލައިޓް ކޫއްޑޫއިން ފުރައިގެން ކައްދޫ އެއާޕޯޓުގައި ޖައްސަން ދަނިކޮށެވެ.

ބޯޓުގެ ގިޔަރު ނުހުޅުވުމުން އެބޯޓު ވަނީ މާލެއަށް މިސްރާބު ބަދަލުކޮށްފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ދިމާވުމުގެ ސަބަބުން ލ.ކައްދޫ އެއާޕޯޓްގައި ނުޖައްސާ ފްލައިޓް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް "ސޭފްލޭންޑިން" އެއްގައި ޖައްސާފައި ކަމަށެވެ.  

އާދީއްތަ ދުވަހުގެ ރޭ 8 ޖެހިއިރު ހިނގި މިޙާދިސާގައި ފްލައިޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

- ކޮމެންޓް