ކ. މާލެ
|
10 އޭޕްރިލް 2022 | އާދީއްތަ 22:31
އެސްޑީއެފްސީއިން ދޫކުރާ އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު މެއި މަހުން ފެށިގެން ހުޅުވާލާނެ
އެސްޑީއެފްސީއިން ދޫކުރާ އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު މެއި މަހުން ފެށިގެން ހުޅުވާލާނެ
ރާއްޖެއެމްވީ
އެސް އެމް އީ ލޯން
އެސް. އެމް އީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ފާއިތުވި އަހަރު އެސްޑީއެފްސީ އިން ވަނީ 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފައި
ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލާ ފުރުސަތެއް
ދަނޑުވެރި ނަފާގެ ލޯނަކީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ހުޅުވާލާ ފުރުސަތެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ އެސްއެމްއީ ލޯނުތަކަށް އެދުމުގެ ފުރުސަތު އެސްޑީއެފްސީ އިން ހުޅުވާލައިފިއެވެ.

އެސްޑީއެފްސީ އިން ބުނީ ދަނޑުވެރިކަމަށް ދޫކުރުމަަށް ހަމަޖެހިފައިވާ "ދަނޑުވެރި ނަފާ" ލޯން އާއި "ވިޔަފާރި އެހީ" ލޯނަށް އެދި މިހާރު ހުށައެޅޭނެ ކަމަށެވެ. ލޯނަށް އެދޭ ފޯމް އާދީއްތަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށާއި، ވެބްސައިޓް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ. އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު މެއި މަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެސްޑީއެފްސީ އިން ބުނެއެވެ.

ދަނޑުވެރި ނަފާގެ ލޯނަކީ އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލާ ފުރުސަތެކެވެ.

ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލާ ފުރުސަތެކެވެ.

ލޯނު އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އިން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި، ރަށު ފަތުރުވެރިކަން، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަމާ ގުޅުންހުރި ވިޔަފާރިތައް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

ފާއިތުވި އަހަރު އެސްޑީއެފްސީ އިން ވަނީ 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފައެވެ.

- ކޮމެންޓް