Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 21:06
ބަންގްލަދޭޝްއިން އައި މީހާ ރާއްޖެ އެތެރެކޮށްފައިވާ ކެނަބިސް
ބަންގްލަދޭޝްއިން އައި މީހާ ރާއްޖެ އެތެރެކޮށްފައިވާ ކެނަބިސް
ޓްވިޓަރ
ގިނަ އަދަދެއްގެ މަސްތުވާތަކެތި
ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި
އެތެރެކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއައި ބަންގްލަދޭޝް މީހަކު
ތަހުލީލު ރިޕޯޓުން ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފަ
މަސްތުވާތަކެއްޗާއި އެމީހާ ވަނީ ފުލުހުންނާއި ހަވާލުކޮށްފަ ކަމަށް ކަސްޓަމްސްއިން ބުނޭ

ރާއްޖެއައި ބަންގްލަދޭޝް މީހަކު އެތެރެކުރި 7.2 ކިލޯ ގްރާމްގެ ކެނަބިސް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެއައި ބަންގްލަދޭޝް އުމުރުން 26 އަަހަރުގެ އެ މީހާ އެތެރެކުރި މަސްތުވާތަކެއްޗާއިއެކު އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

ކަސްޓަމްއިން ބުނީ އޭނާ އެތެރެކުރި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުން އެތަކެތި އެއީ ކެނަބިސްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 7.2 ކިލޯގްރާމް ހުރި ކަމަށާއި އެތަކެތި އެތެރެކޮށްފައިވަނީ ޕްލާސްޓިކް ތަށިތަކެއްގެ ތެރެއަށް ލައި ފޮރުވައިގެން ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރި ބަންގްލަދޭޝް މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުމެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް