ކ. މާލެ
|
8 އޭޕްރިލް 2022 | ހުކުރު 05:54
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެހެން ގައުމުތަކުގެ އެހީއަށްވަނީ އެދިފައި
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެހެން ގައުމުތަކުގެ އެހީއަށްވަނީ އެދިފައި
ރޮއިޓާސް
ލަންކާގެ އިގްދިސާދު
އިންޑިއާއިން ލަންކާއަށް ހަނޑޫ ފޯރުކޮށްދޭން ފަށައިފި
ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން އެގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުން
ތެޔޮ ފޯރު ކޮށްދިނުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް އިންޑިޔާ އެމްބަސީން ބުނެފައިވޭ

ސްރީލަންކާއަށް އެހީވުމުގެ ގޮތުން އިންޑިޔާއިން ހަނޑޫ ފޯރުކޮށްދޭން ފަށައިފިއެވެ.

ލަންކާގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބުނީ 40،000 މެޓްރިކްޓަންގެ ހަނޑޫ މިހާރު ފޯރުކޮށްދީފައިވާނެ ކަމަށާއި، ޖުމްލަ 300،000 މެޓްރިކްޓަންގެ ހަނޑޫ ލަންކާއަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ތެޔޮ ފޯރު ކޮށްދިނުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް އިންޑިޔާ އެމްބަސީން ބުނެފައިވެއެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން އެގައުމުގެ ރައްޔިތުން މިވަގުތު ދިރިއުޅެމުންއަންނަނީ ވަރަށް އުދަގޫ ދަތި ހާލުގައެވެ. ކަރަންޓްނެތި ގިނަ ވަގުތު ތަކެއްގައި ތިބެން ޖެހިފައިވާއިރު، ކާބޯތަކެއްޗާ ކައްކާގޭސްފަދަ ޒަރޫރީ ތަކެތި ލިބުންވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެން ކަމުން ސަރުކާރާ ދެކޮޅަށް ގިނަބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެގައުމުގެ ސިޔާސީ މަސްްރަހުވެސް ވަނީ ހޫނުވެފައެވެ.

އިންޑިޔާއިން ހާމަކުރާ ގޮތުގައި ލަންކާގެ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެގައުމުން ވަނީ އަނެއްކާވެސް އެއް ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ މިދިޔަ މަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މޯދީ ވަނީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޑިޔާ އިން އެހީވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް