މާފުށި ޖަލުގައި ތިބި ޤައިދީންނަށާއި, ކަރެކްޝަން އޮފިސަރުންނަށް ދެ ފުޓްސަލް ދަނޑު އަޅަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ. މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެދެދަނޑު އަޅަނީ ކަރެކްޝަންގެ އެދުމުގެ މަތިންނާވެސް އެކުގަ ކަމަށެވެ.
މިނިސްޓަރ މަހުލޫފް ވިދާޅުވީ މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށްވެސް ކަސްރަތުކޮށް, ކުޅެ އުޅުމުގެ ފުރުޞަތު އޮންނަންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށާ ދެދަނޑު އަޅަން ނިންމެވީ އެފުޞަތު ފަހިކޮށްދެއްވަން ކަމަށް ވިދާޅުވިއެވެ. ކަރެކްޝަންއިން ބުނީ ދެ ދަނޑުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާކަމަށެވެ. ބިޑަށް ހުޅުވާލުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އިވެލުއޭޓް ކުރުމަށްފަހު އެއް ފަރާތާ މަސައްކަތް ހަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދެދަނޑުގެ މަސައްކަތް ނިންމާނެއެވެ.