ކ. މާލެ
|
7 އޭޕްރިލް 2022 | ބުރާސްފަތި 18:32
ގަލޮޅު ރަސްމީ ސްޓޭޑިއަމްގެ އާ ކުރެހުން: ފޮޓޯ-ޔޫތް މިނިސްޓްރީ
ގަލޮޅު ރަސްމީ ސްޓޭޑިއަމްގެ އާ ކުރެހުން: ފޮޓޯ-ޔޫތް މިނިސްޓްރީ
ޔޫތު މިނިސްޓްރީ
ގަލޮޅު ދަނޑު އަލުން ހަދަން ނިންމުން
ގަލޮޅު ދަނޑު ތަލާލައި އަލުން އެހުރިތަނުގައި އަޅާއިރު، ހިޔާލު ނުހޯދާތީ މިނިސްޓަރު މަޖިލީހަށް ހާޟިރުކުރަނީ
މިނިސްޓަރ މަޖިލީހަށް ހާޛިރުކުރަނީ ގަލޮޅު ދެކުނުދާއިރާގެ މެންބަރު

ގަލޮޅު ރަސްމީ ސްޓޭޑިއަމް ތަޅާލުމަށްފަހު އަލުން ހަދާއިރު, މާލޭގެ ރަށްވެހިންގެ ހިޔާލާއި މަޝްވަރާ ނުހޯދާތީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހަށް ހާޟިރުކޮށް ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

ގަަލޮޅު ދެކުނުދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މަޖިލީހަށް ހާޟިރުކުރަން ގަލޮޅު ދެކުނުދާއިރާގެ މިހާރުގެ މެންބަރު ހުށަހެޅުއްވީ ދަނޑު އަލުން ތަރައްޤީކުރާއިރު މާލޭގެ ރަށްވެހިން ޚާއްޞަކޮށް, ދަނޑު ހުރި ޞަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންގެ މަޝްވަރާ ނުހޯދާތީއެވެ. މެންބަރު މީކާއީލް ސުވާލު ފެށުމުގެ ކުރިން ވިދާޅުވެފައި ވަނީ ގަލޮޅު ދަނޑު އައު ދަނޑެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމާ އެކަން އިއުލާންކޮށްފައިވާއިރު މާލޭ ރައްޔިތުންނާ ޚާއްޞަކޮށް, އެޞަރަހްދުގައި ދިރިއުޅޭ ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާތީ ޝަކުވާ ލިބެމުންދާކަމަށެވެ. ދަނޑުގެ މަޝްރޫޢު ކުރިއަށްގެންދާއިރު ޢާއްމުންނާ މަޝްވަރާކުރާނީ ކޮންއިރަކުންތޯއާއި, މާލޭގެ މެދުގައި ދަނޑު ތަރައްޤީކުރުމުގެ ބަދަލުގައި ހުޅުމާލެއަށް ބަދަލުކޮށް, މާލޭގެ ޖާގައަށް ހައްލެއް ގެންނަން ނުވިސްނަންތޯ މެންބަރު މީކާއީލްގެ ސުވާލުގައި ވިދާޅުވެފައިވެއެވެ.

ތޮއްޖެހިފައިވާ މާލޭގެ މެދުގައި އޮތް ގަލޮޅު ދަނޑު އައު ދަނޑެއްގެ ގޮތުގައި ތަރައްގީކުރެވެންވާނީ މާލޭ ރައްވެހިން، އަދި ވަކިން ހާއްސަކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންގެ ބަހާއި އެކު.
މީކާއީލް އަހުމަދު ނަސީމް / ގަލޮޅު ދެކުނު ދާއިރާގެ މެންބަރު

އިންޑިޔާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަލޮޅު ދަނޑު ހުރި ތަނުގައި އާ ސްޓޭޑިއަމްއެއް އަޅާކަން މިނިސްޓަރ މަހުލޫފް އިއުލާންކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މިނިސްޓަރ އެކަން އިއުލާންކުރެއްވީ ސްޓޭޑިއަމްގެ ކުރެހުންތަކާވެސް އެކުއެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިއުން އަމާޒުކުރީ ހުޅުމާލޭގައި ސްޓޭޑިއަމް ނާޅާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް