Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 17:40
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
މަޖިލިސް
ހައުސިން މިނިސްޓަރު މުއިއްޒު
ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެއްވިއްޔާ ފުއްދަވާނެ: މިނިސްޓަރު މުއިއްޒު
ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ހިންގޭނެ ދުވަހެއް މިނިސްޓަރު ހާމައެއް ނުކުރެއްވި
މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއުއެއް ނެތް
ރައީސް ޔާމީނަކީ ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެއްކަން މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކުން އެނގޭނެ ކަމަށް މުއިއްޒު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެންނެވި ވައުދެއް އޮތިއްޔާ ފުއްދަވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ ސުވާލާއި ގުޅިގެން ނެވެ.

މުއިއްޒާއި ކުރެއްވުމަށް ރިޔާޒު ހުށަހެޅުއްވި ސުވާލުގައި ވަނީ ތ.ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކޮށްދެއްވުމަށެވެ.

އެސުވާލާ ގުޅިގެން މުއިއްޒު ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިނުވާތީ މިއަހަރު ހިރިލަންދޫ ބިންހިއްކުމުގެ މައްޝަރޫއު ކުރިއަށް ނުގެންދާނެ ކަމަށެވެ.

މުއިއްޒު އެގޮތަށް ވިދާޅުވުމުން ރިޔާޒު ވިދާޅުވީ ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްރޫއުއަކީ ރައީސް ޔާމީން ވައުދުވެވަޑައިގަންނަވާފައިވާ ފައިވާ ކަމެއް ކަމަށާއި ސާފުކުރަން ބޭނުންވެގެން މިއުޅެނީ އެ މަޝްރޫއު ހިންގޭނެ ދުވަހެއް ކަމަށެވެ.

ރިޔާޒުގެ އެވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީން ވައުދުވެވަޑައިގަންނަވާ ކަންކަން ކުރައްވާ ބޭފުޅެއްކަން މިހާތަނަށް ހިންގާފައިވާ މަޝްރުއުތަކުން އެނގޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް