Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 17:21
ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ
ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ
ރާއްޖެއެމްވީ
ލޯންޗު އެކްސިޑެންޓް
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
މިހާދިސާގައި އެންމެ ބޮޑަށް ޒަހަމްވި މީހާގެ ބޮލަށް ވަނީ ގެއްލުންތަކެއްވެފައި
މިހާދިސާގައި 14 މީހަކަށް އެކި ވަރުގެ އަނިޔާވަނީ ލިބިފައި
މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 6 މީހުންނަށް

ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދަކާ ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި ފަރުވާ ދެމުންދަނީ ހަ މީހުންނަށް ކަމަށާއި އައިސީޔޫގައި އޮތީ އެންމެ މީހެއް ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވެގެން 14 މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ފަރުވާ ދެމުންގެން ދަނީ ހަ މީހުންނަށް ކަމަށާއި އެންމެންގެ ހާލުވެސް ރަގަޅުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ހަ މީހުންގެ ތެރެއިން، އައިސީޔޫގައި ފަރުވާ ދެމުންގެންދަނީ އެންމެ މީހަކަށް ކަމަށާއި، ކުރިން އައިސީޔޫގައި ފަރުވާ ދެމުންގެންދިޔަ ދެ މީހަކަށް މިހާރު ފަރުވާ ދެމުންގެންދަނީ ހައި ޑިޕެންޑެންސީގައި ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ތިބި ތިން މީހަކަށް ފަރުވާދެނީ ވޯޑުގައި ކަމަށް އައްފާލް ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި އެންމެ ބޮޑަށް ޒަހަމް ވެފައި ވަނީ ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ، 30 އަހަރުގެ އަލީ ވަސީމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ ވަސީމްގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ސަމާ އައިލެންޑް ރިސޯޓުން މީގެ ކުރިން ބުނެފައި ވަނީ، އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ސަމާ އައިލެންޑް ރިސޯޓްގެ ބަޔާނުގައި ވެއެވެ.

ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދެއްގައި ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ފަރާތުގެ ވެސް އިހްމާލު އޮވެގެން ކަމަށް އެމްއެންޑީއެފް އިން މި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.

އެއްވެސް އުޅަނދެއް ދުއްވަން އިންނަ މީހާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ބާރު ސްޕީޑްގައި ދުއްވުމަކީ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބު ކަމަށާއި ދަތުރަށް ފެށުމުގެކުރިން އުޅަނދުގެ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށާއި މޫސުމަށް ބެލުމަކީ ފަރުވާކުޑަ ނުވުމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް