ކ. މާލެ
|
4 އޭޕްރިލް 2022 | ހޯމަ 21:40
ފަތުރުވެރިން
ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ރަޝިޔާ މާކެޓް
ހަނގުރާމައިގެ ސަބަބުން ރަޝިޔާ މާކެޓުން 70 އިންސައްތަ ގެއްލުނު
ޔޫކޭ މާކެޓް އެއް ވަނައިގައި އޮތްއިރު އެމާކެޓް 12 އިންސައްތަ މިހާރު ހިއްސާކުރޭ
ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މާކެޓް އެއްކޮށް ގެއްލިފައިވާކަމަށް މިނިސްޓަރ ވިދާޅުވި

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން, ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ މާކެޓުން 70 އިންސައްތަ ގެއްލުން ވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަނގުރާމައިގެ ކުރިން ރަޝިޔާ މާކެޓުން ފަތުރުވެރިން އައި މިންވަރު 70 އިންސައްތަ ދަށަށްގޮސްފައިވާކަމަށެވެ. ޔޫކްރެއިން އާއި ރަޝިޔާ އެއްކޮށް ފަތުރުވެރިންގެ 20 އިންސައްތަ ހިއްސާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މާކެޓް އެއްކޮށް ގެއްލިފައިވާކަމަށާއި ރަޝިޔާ މާކެޓްވެސް ދަށަށްދާއިރު އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އިންޑިޔާ މާކެޓަކީ މިދިޔަ އަހަރު ވަރަށް ގިނަ ފަތުރުވެރިން އައި މާކެޓްއެއް ކަމަށާއި މިހާރު އިންޑިޔާ މާކެޓް އޮތީ 10.9 އިންސައްތައިގަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޔޫކޭ މާކެޓް އެއް ވަނައިގައި އޮތްއިރު، އެމާކެޓް 12 އިންސައްތަ މިހާރު ހިއްސާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަޝިޔާ މާކެޓް މިހާރު އުޅެނީ 11.9 އިންސައްތައިގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އޮތީ މުޅި ދުނިޔެއަށް ކަމުދާ ގޮތަށް ރާވާލެވިފައިކަމަށެވެ. މިހުރިހާ ކަމަކާއެކުވެސް ބަލަންޖެހެނީ ދުނިޔެއަށް އަންނަ ލޮޅުމަކުން ރާއްޖޭގެ ޓޫރިޒަމްއަށް ބޮޑު ލޮޅުމެއް ނާންނާނެ ގޮތަށް ކަންކަން އިންތިޒާމުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް