Advertisement
އައްޑޫ ސިޓީ
|
4 އޭޕްރިލް 2022 | ހޯމަ 10:32
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ދަ އެޑިޝަން
ފޭދޫގައި ހައުސިން ޔުނިޓް އެޅުން
ފޭދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީއަކީ -/381000 ރ (ތިންލައްކަ އައްޑިހަ އެއްހާސް ރުފިޔާ)

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ.ފޭދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި ވާގޮތުގެމަތީން ރަޖިސްޓަރީވެ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/381000ރ (ތިންލައްކަ އައްޑިހަ އެއްހާސް ރުފިޔާ)ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

Advertisement

މި ޕްރޮޖެކްޓުގެ ބިޑްތައް ހުޅުވުން އޮންނާނީ 20 އޭޕްރިލް 2022 ގެ 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައެވެ.

ނިމިގެން މިދިޔަ މާރޗް މަހުވެސް ވަނީ އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. އެއިޢުލާންގެ މުއްދަތު ހަމަވާނީ އޭޕްރީލް 19 އަށެވެ. އެމަސައްކަތުގެ ބިޑް ހުޅުވުން އޮތީ އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

އައްޑޫ ސިޓީގައި މިހާރު ހިނގަމުން އަންނަ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކުގެ ތެރޭ އެސިޓީގައި ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް އައްޑޫ ސިޓީ ކައުންސިލާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި އެކު 2022 ޖެނުއަރީ މަހުގެ ތެރޭވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އައްޑޫ ސިޓީ ކައުންސިލާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާ ދެމެދު ފްރޭމްވޯކް އެގްރީމަންޓެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް