ކ. މާލެ
|
3 އޭޕްރިލް 2022 | އާދީއްތަ 18:40
އަލާވޭސް ކޮޅަށް ލަނޑު ޖެހުމަށްފަހު އެތުލެޓިކޯ ކުޅުންތެރިން އުފާ ފާޅުކުރަނީ
އަލާވޭސް ކޮޅަށް ލަނޑު ޖެހުމަށްފަހު އެތުލެޓިކޯ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އަލާވޭސް ބަލިކޮށް އެތުލެޓިކޯ ދެވަނައާއި ގާތަށް
އެތުލެޓިކޯ މޮޅުވީ 4-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި އަލާވޭސް ބަލިކޮށް އެތުލެޓިކޯ މެޑްރިޑްއިން ތާވަލުގެ ދެވަނައާއި ގާތަށް ޖެހިލައިފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެތުލެޓިކޯއިން ވަނީ ތާވަލުގެ ދެވަނައިގައި އޮތް ސެވިޔާ އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފައެވެ. ނަމަވެސް ސެވިޔާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުން އެޓީމު މަތީގައި އޮތުމުންނެވެ.

އެތުލެޓިކޯއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިއީ މަތިމަތިން އައި ހުރަހެއް ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯފީލިކްސް ކާމިޔާބުކުރި ލަނޑެކެވެ.

އަލާވޭސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެވަނަ ހާފުގައެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ގޮންޒާލޯ އެސްކަލާންޓޭއެވެ. އެތުލެޓިކޯއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ލުއިސް ސުއަރޭޒްއެވެ. އޭގެ ފަހުން ފީލިކްސް އެއް ލަނޑު ޖެހިއިރު ސުއަރޭޒްވެސް އިތުރު ލަނޑެއް ޖެހިއެވެ.

ލަލީގާގެ ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 69 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 57 ޕޮއިންޓު ލިބިގެން ސެވިޔާ އޮތްއިރު، އެތުލެޓިކޯއަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުން ސެވިޔާ މަތީގައި އޮތުމުންނެވެ. ބާސެލޯނާ އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.

މިރޭ ބާސެލޯނާ އާއި ސެވިޔާ ނިކުންނާނީ ތާވަލުގެ ދެވަނަ ޔަގީން ކުރުމަށެވެ. މި މެޗުން މޮޅުވެގެން ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތެވެ.

- ކޮމެންޓް