ކ. މާލެ
|
1 އޭޕްރިލް 2022 | ހުކުރު 07:08
ކޮލަމްބޯގައި ފުލުހުންގެ ވެހިކަލެއްގައި އަލިފާން ރޯކޮށްލާފައި
ކޮލަމްބޯގައި ފުލުހުންގެ ވެހިކަލެއްގައި އަލިފާން ރޯކޮށްލާފައި
ރޮއިޓަރސް
ކޮލަމްބޯގައި ކާފިއު އިއުލާންކުރުން
ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި ކާފިއު އިއުލާންކޮށްފި
ގައުމުގެ އިގްތިސާދު ދަށަށް ގޮސް ތެލާއި، މުދާ އެތެރެކުރުމަށް ވަނީ ދަތިވެފައި
ވަކި ގޮތެއް އަންގަންދެން ބައެއް އަވަށްތަކުގައި ކާފިއު އިއުލާންކޮށްފި

ސްރީލަންކާގެ މައި ސިޓީ ކޮލަމްބޯގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ރައީސް ގޮތަބަޔާގެ ގެކޮޅާއި ދިމާލަށް މިސްރާބު ޖެހުމުން އެ ސިޓީގެ އެކި ހިސާބުތަކުގައި ކާފިއު އިއުލާންކޮށްފިއެވެ.

އިގްތިސާދު އިނދަ ޖެހި، އާންމު ރައްޔިތުން ގިނަ ވަގުތު ކަރަންޓާއި ނުލާ އަނދިރިކަމުގައި އުޅެން ޖެހުމުން ރުޅި ގަދަވެ އެތައް ހާސް ބަޔަކުވަނީ ކޮލަމްބޯގެ އެކި ސަރަހައްދުތަކުން މުޒާހަރާއަށް ނުކުމެފައެވެ.

ކާފިއު އިއުލާންކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަކި ގޮތެއް އަންގަންދެން ބައެއް އަވަށްތަކުގައި ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާއި ކުރިމަތިލައި، އެޤައުމުގެ ރައީސްގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. އަދި ފުލުހުންގެ ބައެއް ވެހިކަލްތަކުގައި އަލިފާން ރޯކޮށްފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިޔާގައިވަނީ އާންމުވެފައެވެ.

ގައުމުގެ އިގްތިސާދު ދަށަށް ގޮސް ތެލާއި، މުދާ އެތެރެކުރުމަށް ވަނީ ދަތިވެފައެވެ. ތެޔޮ ލިބުމުގެ ދަތިކަމާއެކު 13 ގަޑިިއިރު ކަރަންޓުވަނީ ކަނޑާލާފައެެވެ. ހޮސްޕިޓަލްތަކުގައި އޮޕަރެޝަންތައް ހުއްޓި ބައެއް ބޭސް ހުސްވެފައިވާކަމަށްވެެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ސަރުކާރުން އަންނަނީ މި އަޑިގަނޑުން އަރައިގަތުމަށް ޗައިނާ އަދި އިންޑިޔާގެ އެހީއަށް އެދެމުންނެވެ. އިންޑިޔާ އަދި ޗައިނާއިން 1.5 ބިލިއަން ޑޮލަރުގެ ލޯން އެހީ ދިނުމަށް ހުށައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް