ކ. މާލެ
|
31 މާރޗް 2022 | ބުރާސްފަތި 21:32
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދާ ގޮތް
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދާ ގޮތް
ރާއްޖެއެމްވީ
ދައުލަތަށް ލިބެންޖެހޭ ފައިސާ
ދައުލަތަށް ލިބެންޖެހޭ 16 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ފަށަނީ
ޓެކްސްގެ ގޮތުގައި މީރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހޭ
ޓެކްސް ނޫން ފައިސާގެ ގޮތުގައި މީރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހޭ

ދައުލަތަށް ލިބެންޖެހޭ 16 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ތަންފީޒުކުރަން އޭޕްރީލް މަހު ފަށާނެކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ން ބުނެފިއެވެ.

އެކަމާއި ގުޅިގެން މީރާއިން ކުރި ޓްވީޓެއްގައި ބުނީ ވޭތުވެދިޔަ ދެ އަހަރު ތެރޭ ކޮވިޑުގެ ސަބަބުން ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ލުއިތަކާއެކު ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތް އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަށާނެކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި ޖުމްލަ 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަމަށް މީރާއިން ބުނެއެވެ. އަދި މިއީ ޖޫރިމަނާތަކާއެކު ލިބެންޖެހޭ ޖުމްލަ އަދަދުކަމަށްވެސް މީރާއިން ބުނެއެވެ.

މި ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނެއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މީރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މީރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

ކޮވިޑާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އަދި ޓެކްސް ނޫން ފައިސާ ދެއްކުމުގެ ތަންފީޒީ މަސައްކަތް ކުރުން މިހާތަނަށް އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދިޔުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިމަހު އުވާލާފައެވެ. އަދި ރާއްޖޭގެ އިގްތިޞާދީ ހާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

- ކޮމެންޓް