Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 02:39
އާރްއޯއެލްގެ މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މަނާލް ލަތީފް
އާރްއޯއެލްގެ މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މަނާލް ލަތީފް
ރާއްޖެއެމްވީ
އާރުއޯއެލް
އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ
ސަބްމެރިން ކޭބަލް ވަނީ އެއްކޮށް ހަލާކުވެފައި
މިވަގުތު އިންޓރަނެޓް ހިދުމަތް ދެމުންދަނީ ބެކަޕް ލައިން މެދުވެރިކޮށް
ކަސްޓަމަރުންގެ ކިބައިން މައާފަށް އެދުނު

އިންޑިޔާގެ ޓްރިވެންޓްރަމް ހިސާބުގައި އަޅާފައިވާ އާރްއޯއެލް ސަބްމެރިން ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން އިންޓަރނެޓްގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އާރްއޯއެލްގެ މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މަނާލް ލަތީފް ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސަބްމެރިން ކޭބަލް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި މިފަދަ މައްސަލަތައް ހައްލު ކުރުމަށް އެންމެ ލަސްވެގެންވެސް 72 ގަޑިއިރު ހޭދަވާނެ ކަމަށެވެ.

 

އެހެންކަމުން މިވަގުތު އިންޓރަނެޓް ހިދުމަތް ދެމުންދަނީ ބެކަޕް ލައިން މެދެވެރިކޮށް ކަމަށާއި ފުލް ސްޕީޑުގައި އިންޓަރނެޓްގެ ހިދުމަތް ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިލާންޖެހިދާނެ ކަމަށް މަނާލް ވިދާޅުވި އެވެ.

 

ހިދުމަތް އަޕްގްރޭޑްވަމުންދާ ވަރު އާރްއޯއެލްގެ ސޯޝަލް މީޑިޔާ އަދި ކަސްޓަމަރ ސަރވިސް މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

މިފަދަ ބޮޑު މައްސަލައެއް އިންޓަރނެއްޓަށް ދިމާވުމުން ކަސްޓަމަރުންގެ އަރިހުން އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 ޖޫން 2017 | ބުދަ 00:01
ސައުދު
ތީ ދޮގެއް އިންޓަރނެޓް ނުލިބޭ އަދިވެސް