Advertisement
ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 20:00
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ރާއްޖެއާއި އިންޑިއާގެ ގުޅުން
ޕޮލިސް އެކަޑަމީން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ: ޖައިޝަންކަރް
މިސަރަހައްދުގައި ފާހަގަކޮށްލެވޭ އިންސްޓިޓިއުޓް އަކަށް ވާނެ
ކުރިއަށް އޮތްތަނުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ
ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމަށް 40 މިލިއަން ޑޮލަރުގެ ފައިނޭންސް އެގްޒިމް ބޭންކުން ދޫކޮށްފައިވޭ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ރަމްޒު ކޮށްދެނީ ރާއްޖެ އާއި އިންޑިއާ އާދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮން ހުޅުވުމަށް، އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖައިޝަންކަރް ވިދާޅުވީ މި ގާއިމްކުރެވުނު އިންސްޓިޓިއުޓް އަކީ މިސަރަހައްދުގައި ފާހަގަކޮށްލެވޭ އިންސްޓިޓިއުޓް އަކަށް ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވަރުގަދަ ފުލުހުންގެ ފައުޖެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ. މިއީ އިންޑިޔާއާއި ރާއްޖޭގެ ގާތްގުޅުން ރަމްޒުކޮށްދޭ ތަނެއްކަން ފާހަގަކުރައްވައި ޖައިޝަންކަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Advertisement

ޖައިޝަންކަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިންގަމުންދަނީ ރާއްޖެއާއި، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރާ ޕޮލިސް ސްޓޭޝަންތަކަށް އިޝާރަތް ކުރައްވައި ޖައިޝަންކަރު ވިދާޅުވީ މަޝްރޫއަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ފައިނޭންސް އެގްޒިމް ބޭންކުން މިހާރު ދޫކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގައި އެކި ރަށްތައް ހިމެނޭ ގޮތަށް 61 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ.

މީގެ އިތުރުން ޖައިޝަންކަރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަށް ތައުރީފް ކުރައްވައި ވާހަކަދައްކަވާފައެވެ. ޖައިޝަންކަރު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރާއްޖެއިން ގެންގުޅުނު ސިޔާސަތަކީ މިސަރަހައްދުގެ ގައުމުތަކަށް ނަމޫނާއެއް ކަމަށެވެ. އަދި ވިދާޅުވީ އެނާޒުކު ހާލަތުގައި ވެސް ދެގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވި ދެގައުމުން ގުޅިގެން ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ސިއްހީ ގޮތުންނާއި، ދަތުރުފަތުރާއި، ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމުގައި ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ވާހަކަ ދެއްކެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް