ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 07:09
ތުރުކީގެ ފޮރިން މިނިސްޓަރު
ތުރުކީގެ ފޮރިން މިނިސްޓަރު
ރޮއިޓަރސް
ރަޝިޔާގެ އޮލިގާކުން
ރަޝިޔާގެ އޮލިގާކުންނަށް ތުރުކީން މަރުހަބާ ކިޔާކަމަށް އެގައުމުން ބުނެފި
 
ރޯމަން އަބްރަމޯވިޗްގެ ދެ ޔޮޓެއް މިހާރުވެސް އޮތީ ތުރުކީގެ ރިސޯޓެއް ކައިރީގައި ބަނދަރުކޮށްފައި
 
ފޮރިން މިނިސްޓަރު ވިދާޅުވީ ރަޝިޔާގެ އޮލިގާކުން ނުވަތަ ރަޝިޔާގެ އާންމު ރައްޔިތުންވިޔަސް ތުރުކީ އަށް އަންނަން ބޭނުންނަމަ އެކަމަށް މަރުޚަބާ ކިޔާކަމަށް
 
ތުރުކީގައި ވިޔަފާރިކުރަން ބޭނުންނަމަ ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާންޖެހޭނެކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވި

ރަޝިޔާގެ އޮލިގާކުންނަށް ތުރުކީން މަރުހަބާ ކިޔާކަމަށާއި ނަމަވެސް ވިޔަފާރިކުރަން ބޭނުންނަމަ ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާންޖެހޭނެކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސްއޮގްލޫ ވިދާޅުވެއްޖެއެވެ.

ތުރުކީން ވަނީ ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. ނަމަވެސް ނޭޓޯއިން ރަޝިޔާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ވަނީ ދެކޮޅު ހަދާފައެވެ.

ދޯހާގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ރަޝިޔާގެ އޮލިގާކުން ނުވަތަ ރަޝިޔާގެ އާންމު ރައްޔިތުންވިޔަސް ތުރުކީއަށް އަންނަން ބޭނުންނަމަ އެކަމަށް މަރުހަބާ ކަމުގައެވެ.

ތުރުކީގައި އެމީހުން ވިޔަފާރިއެއް ކުރަން ބޭނުންނާމަ އެއީ ގާނޫނުތަކުގެ ތެރެއިން އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަމަށްވާނަމަ އެކަމާއި މެދު ވިސްނަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ގާނޫނުތަކާއި ޚިލާފު ކަމެއްނަމަ އެއީ މުޅިން އެއީ ވާހަކައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަޝިޔާގެ ބިލިއަނަރެއް ކަމުގައިވާ ރޯމަން އަބްރަމޯވިޗްގެ ދެ ޔޮޓެއް މިހާރުވެސް އޮތީ ތުރުކީގެ ރިސޯޓެއް ކައިރީގައި ބަނދަރުކޮށްފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ހުޅަނގާއި އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ރަޝިޔާގެ އޮލިގާކުންގެ ތެރޭގައި ހިމެނޭ ވަކިވަކި މީހުން ހިމެނެއެވެ. އޭގެތެރެއިން އެކަކީ ރޯމަން އަބްރަމޯވިޗްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް