ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 12:34
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ
ގެޓީ އިމޭޖަސް
އިޓަލީގެ ފުޓްބޯޅަ
މަންޗިނީ ކޯޗުކަމުގައި މަޑުކުރުމަށް އިޓަލީއިން ބޭނުންވޭ
މިއީ އިޓަލީ ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިނުވި ދެވަނަ ފަހަރު
މަންޗިނީއާއެކު އިޓަލީން ވަނީ ޔޫރޯ 2020 ކާމިޔާބުކޮށްފައި

އިޓަލީގެ ކޯޗުކަމުގައި ރޮބާޓޯ މަންޗިނީ މަޑުކުރަން ބޭނުންވާކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ބުނެފިއެވެ.

މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ކޮލިފައިން ޕްލޭއޮފް ސެމީ ފައިނަލުގައި ނޯތު މެސެޑޯނިއާ އަތުން ބަލިވުމުން އިޓަލީއަށް ވަނީ މިފަހަރުގެ ވޯލްޑް ކަޕް ގެއްލިފައެވެ. އެމެޗުން އިޓަލީ ބަލިވީ މެޗުގެ ފަހު ވަގުތުގައި ނޯތު މެސެޑޯނިއާއިން ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށްވެސް ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ކޮލިފައި ނުވެއެވެ. އެއާއެކު ޓީމު އަލުން ބިނާކޮށް މަންޗިނީ ވަނީ މިއަހަރުގެ ވޯލްޑް ކަޕަށް ޓީމު ކޮލިފައި ކުރުމަށް މަސައްކަތް ކޮށްފައެވެ. މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި އިޓަލީ ވަނީ ޔުއެފާ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ. އެއާއެކު މިއަހަރުގެ ވޯލްޑް ކަޕަށް ޓީމުން ކުރި އުންމީދު ބޮޑެވެ.

ގްރަވީނާ ބުނީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ކުރިމަތިވާ ފާޑުކިއުންތަކާއި ކުރިމަތިލާން ތައްޔާރު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގައި ޔޫރޯގައި ހޯދި ފަދަ ކާމިޔާބީތައް ކުރިއަށް އޮތް ތަނުގައި މަންޗިނީއާއެކު ޓީމަށް ހޯދޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. ލިބުނު ގެއްލުމުން އަރައިގަނެ މަންޗިނީއާއެކު ޓީމު އައު ހަރުފަތަކަށް ގެންދަން ބޭނުންވާ ކަމަށްވެސް ގްރަވީނާ ބުންޏެވެ.

2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އިޓަލީއަށް މުބާރާތުގެ ނޮކްއައުޓް ސްޓޭޖާއި ހަމައަށް ދަތުރުކުރެވިފައެއް ނުވެއެވެ. އޭގެ ފަހުން ވޯލްޑް ކަޕުގައި އިޓަލީއަށް މޮޅުވެވުނީ އެންމެ ގްރޫޕް ސްޓޭޖު މެޗަކުންނެވެ.

- ކޮމެންޓް