ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 08:34
ތުރުކީގެ ކެޕްޓަން ޔިލްމާޒް
ތުރުކީގެ ކެޕްޓަން ޔިލްމާޒް
ތުރުކީ އެފްއޭ
ތުރުކީ ކެޕްޓަން ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން
ތުރުކީގެ ޤައުމީ ކެޕްޓަން ޔިލްމާޒް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިިފި
 
ކުޅުން ހުއްޓާލީ ވަރލްޑްކަޕް ފުރުޞަތު ގެއްލުނު މެޗަށްފަހު

ތުރުކީގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ޔިލްމާޒް ބުރަކް ޔިލްމާޒް 36 އަހަރުގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އޭނާ ޤާއުމީ ޓީމަށް ކުޅުން ހުއްޓާލީ ފީފާ ވަރލްޑްކަޕް ކޮލިފައިންގ ޕްލޭއޮފް ސެމީގައި ޕޯޗްގަލް އަތުން ބަލިވެ, ވަރލްދްކަޕްގެ ފުރުޞަތު ގެއްލުނު މެޗަށްފަހުއެވެ.

އެމެޗުން ތުރުކީ ބަލިވީ 2-1 ން ޕޯޗްގަލް ކުރީގައި ވަނިކޮށް, ތުރުކީއަށް ލިބުނު ޕެނަލްޓީއެއް އޭނާ އަތުން ނާކާމިޔާބުވެފައި ވަނިކޮށެވެ. އެޕެނަލްޓީ ކާމިޔާބުކުރެވުނު ނަމަވެސް ޕޯޗްގަލްއަށް އުނދަގޫތަކެއް ކިރިމަތިވީސްކަމަށް މެޗަށްފަހު ޔިލްމާޒް ބުނެފައިވެއެވެ. މެޗުގައި ތުރުކީން ޖެހި ހަމައެކަނި ލަނޑު ޖެހީވެސް އޭނާއެވެ. މެޗު ޕޯޗްގަލް ކާމިޔާބުކުރީ 3-1 ނެވެ. މެޗަށްފަހު ލިލްއަށް ކުޅެމުން އަންނަ ޔިލްމާޒް ބުނީ ޓީމަށް ބަދަލުތަކެއް ބޭނުންވާކަމަށާއި, އެފުރުޞަތު ދޭންޖެހޭ ކަމަށެވެ. އަދި ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށެވެ.

ޔިލްމާޒް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ 77 މެޗު ކުޅެ, 31 ގޯލް ޤައުމީ ޓީމަށް ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް