Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 21:35
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ފިތުރު ޢީދު ބަންދު
ފިތުރު ޢީދު ބަންދަށް ހަފްތާއެއް
ސަރުކާރުން ވަނީ އެއް ހަފްތާ ދިނުމަށް ނިންމާފަ
މިގޮތަށް ކަނޑައެޅީ ސަރުކާރު މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް
އާއްމުކޮށް ފިތުރު ޢީދާ ގުޅިގެން ބަންދުގެ ގޮތުގައި ދެނީ ތިން ދުވަސް

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ލިބޭ ތިން ދުވަހުގެ ޗުއްޓީއަށް ދުވަސްތަކެއް އިތުރުކޮށްފި އެވެ.

ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަސް، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފި ނަމަ، ޖޫން މަހުގެ 28 އަދި 29 ވާ  ބުދަ ދުވަހާއި ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު  ދެ ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ކަމަށެވެ.

ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ  އެދުވަސް ސަރުކާރު ބަންދު ދުވަހަކަށް ނުވާނޭ ކަމަށާއި އެހެންނަމަވެސް، ފިތުރު ޢީދުގެ ބަންދު 3 ދުވަސް ކަމުގައިވާ ޖޫން މަހުގެ 26،27،28 ގެ އިތުރުން ޖޫން 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

 މިގޮތަށް ހަމަޖެއްސީ، ފިތުރު ޢީދާ ގުޅިގެން ޗުއްޓީއަށް ސަރުކާރުގެ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބަދަލާއެކު ފިތުރު ޢީދުގެ ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް