ކ. މާލެ
|
24 މާރޗް 2022 | ބުރާސްފަތި 19:37
މައުދަންތައް އުފެއްދުމުގެ މަސައްކަތްކުރަނީ
މައުދަންތައް އުފެއްދުމުގެ މަސައްކަތްކުރަނީ
ރޮއިޓާރސް
މައުދަންތައް އުފެއްދުން
ހަލާކުވެފައި ހުންނަ މޯބައިލް ފޯނާއި ލެޕްޓޮޕްތަކުން ރަނާއި އެހެނިހެން މައުދަންތައް އުފައްދަނީ
100 ކިލޯއަށްވުރެ ގިނަ ރަނާއި އެހެނިހެން މައުދަންތައް އުފެއްދިދާނެ ގޮތް ފެނިފައިވޭ
ކެމިކަލް ސޮލިއުޝަނެއް ބޭނުންކޮށްގެން މައުދަންތައް ވަކިކުރުމުގެ މަސައްކަތްކުރޭ
ރަނުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަނީ ބޮޑުވަމުން

ހަލާކުވެފައި ހުންނަ މޯބައިލް ފޯނާއި ލެޕްޓޮޕްތަކުން އެތައް ކިލޯގްރާމްގެ ރަނާއި އެހެނިހެން މައުދަންތައް އުފައްދާނެ ގޮތެއް ހޯދައިފިއެވެ.

މި މަސައްކަތްތައް ކުރަމުންދާ ކުންފުނި ''ބްރިޓެއިން ރޯޔަލް މިންޓް''އިން ބުނެފައިވާ ގޮތުގައި, ހަލާކުވެފައި ހުންނަ މޯބައިލް ފޯނާއި ލެޕްޓޮޕް ތަކުން 100 ކިލޯއަށްވުރެ ގިނަ ރަނާއި އެހެނިހެން މައުދަންތައް އުފެއްދިދާނެ ގޮތް ފެނިފައިވާކަމަށެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި ރަނާއި ރިހި އެކުލެވޭ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސަރކިޓް ބޯޑުތައް ހުރެއެވެ. މިކަހަލަ އެއްޗެހި ގިނައިން ހުންނަނީ އުކާލާފައި ކަމަށާއި އެއިން އެއްވެސް ބޭނުމެއް ނުކުރާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިމަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރު 1100 އަހަރުވެފައވާ މި ކުންފުނިން ވަނީ, ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އެކްސައަރއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ ކެމިކަލް ސޮލިއުޝަންއެއް ބޭނުންކޮށްގެން މައުދަންތައް ވަކިކުރުމުގެ މަސައްކަތްކުރުމަށެވެ. އެ މަސައްކަތް ކުރުމަށް ޕްލާންޓެއް ބެހެއްޓުމަށް ވެސް އެކުންފުނިން ނިންމާފައިވެއެވެ.

ރޯޔަލް މިންޓްގެ ޗީފް ގުރޯތު އޮފިސަރ ސީން މިލާޑް ވިދާޅުވީ, ދުނިޔޭގެ 7 އިންސައްތަ ރަން ހުންނާނީ ގޭގެއިން އުކާލާ މިފަދަ ބޭނުން ނުކުރެވޭ އިލެކްޓްރޯނިކް އައިޓަމްތަކުގައި ކަމަށެވެ.

ގޭގައި ހުންނަ އިލެކްޓްރޯނިކް ސާމާނުން އެކިއެކި މައުދަންތައް ލިބޭ. ދުނިޔޭގެ 7 އިންސައްތަ ރަން ހުންނާނީ ގޭގޭން އުކާލާ މިފަދަ ބޭނުން ނުކުރެވޭ އިލެޓްރޯނިކް އައިޓަމްތަކުގަ. މިގޮތަށް މި މަސައްކަތްކުރީމަ މިހެން އުކާލެވޭ އިލެކްޓްރޯކިން ސާމާނުތައް ރީސައިކަލް ވެސް ކުރެވޭނެ.
ރޯޔަލް މިންޓްގެ ޗީފް ގުރޯތު އޮފިސަރ ސީން މިލާޑް

ހަލާކުވެފައި ހުންނަ މޯބައިލް ފޯނާއި ލެޕްޓޮޕްތަކުން ރަނާއި އެހެނިހެން މައުދަންތައް އުފައްދާނެ ގޮތް ހޯދާފައިވާއިރު، މިހާރު ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އިތުރަށް މި އަގު މައްޗަށް އުފުލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

- ކޮމެންޓް