Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 21:00
ގަތަރުގެ ފައުންޑޭޝަނަކުން ހަދިޔާކޮށްފައިވާ ކަދުރު (ފޮޓޯ: ވީއެފްޕީ)   
ގަތަރުގެ ފައުންޑޭޝަނަކުން ހަދިޔާކޮށްފައިވާ ކަދުރު (ފޮޓޯ: ވީއެފްޕީ)   
އިސްމާއިލް ނާއިލް ނަޝީދު
ކަދުރު ބެއްސެވުން
ގަތަރާއި ގުޅުން ކަނޑަލިއިރު، މެޑަމް ފާތުން ބައްސަވަނީ ގަތަރު ކަދުރު!
އެ ކަދުރު ބައްސަވަނީ މެޑަމް ފާތުންގެ ހެޔޮއެދުންތަކާއެކު، މުލީއާ ގެއިން ކަމަށް މައުލޫމާތު ލިބޭ

ދިވެހިރާއްޖެ އާއި ގަތަރާއި ދެމެދު ބާއްވަމުންދިޔަ 33 އަހަރުވި ސިޔާސީ ގުޅުން ކަނޑާލާފައިވަނިކޮށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ މިއަހަރު ރަމަޞާން މަހު ބައްސަވަމުން ގެންދަވަނީ ގަތަރު ކަދުރު ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ ބައެއް ފޮޓޯތަކުންނާއި ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މެޑަމް ފާތުންގެ ނަންފުޅުގައި މިއަހަރު ބައްސަވަމުން ގެންދަވަނީ ގަތަރުގެ ޖާސިމް އެންޑް ހަމަދު ބިން ޖާސިމް ޗެރިޓަބަލް ފައުންޑޭޝަންގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކަދުރެވެ.

އެ ކަދުރު ޕެކެޓްގެ ލޭބަލްގައިވާ ގޮތުން އެ ކަދުރު ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން ވަނީ މަނާ ކޮށްފަ އެވެ.

( ގަތަރުގެ ފައުންޑޭޝަނަކުން ހަދިޔާކޮށްފައިވާ ކަދުރު ( ފޮޓޯ: ވީއެފްޕީ   

މިދިއަ އަހަރުގެ ރަމަޟާން މަހުގެ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރުގެ ބައެއް، މެޑަމް ފާތުންގެ ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި ބަހާފައިވާތީ އެކަމާ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. 

މެޑަމް ފާތުގެ ފަރާތުން ކަދުރުބެހުމާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށް ކުރިމަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް