ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 20:07
އުރީދޫ: އިންޓަރނެޓް ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައި
އުރީދޫ: އިންޓަރނެޓް ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައި
އުރީދޫ
އިންޓަރނެޓް
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
ދެ ކުންފުނީގެ ސަބްމެރިން ކޭބަލްއަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

އުރީދޫގެ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން އުރީދޫގެ އިންޓަރނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާން ފަށައިފިއެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ރޫޓަކަށް ދިމާވެފައިވާ ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އުރީދޫގެ އިންޓަނެޓްގެ ޚިދުމަތްތައް ބޭނުންކުރެއްވުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.

މިފަދަ ހާލަތެއް ދިމާވެދާނެތީވެ، އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ވަނީ ތަފާތު ދެ ގައުމަކާ ގުޅާލެވިފައި ކަމަށާއި މިގޮތުން، ވިހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމުގެ ގޮތުން، އިންޓަނެޓް ޓްރެފިކް އެހެން ރޫޓްތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމައިދޭ ރާއްޖެ އޮންލައިންއިން ވެސް ބުނެފައި ވަނީ އެކުންފުނީގެ އިންޓަރނޭޝަނަލް ފައިބަރ ލިންކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޓަރނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް