Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 17:51
އެންޓިކޮރޮޕްޝަން ކޮމިޝަން
އެންޓިކޮރޮޕްޝަން ކޮމިޝަން
ސަން އޮންލައިން
ފެނަކަ ކޯޕަރޭޝަން
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: އޭސީސީ
މައްސަލަ އެމްއެމްއޭގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ
ފެނަކައިން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް އެއް މިލިއަން ޑޮލަރު ގަންނަން ވެގެން 17 މިލިއަން ރުފިޔާ ދީފައިވާތީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ މީޑިއާ  އޮފިޝަލް ވިދާޅުވީ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބަލަމުންދާ އެ މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައި ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލައިގަ ކޮމިޝަނުން ސުވާލު ކުރަން ޖެހުނު ކޮންމެ ފަރާތަކާ ވެސް ސުވާލު ކުރާނެ ކަމަށާއި ވރަށް އަވަހަށް މައްސަލައިގެ ތަހުގީގު ނިންމައި އޭސީސީން ރިޕޯޓް އާންމު ކުރާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދީފައިވަނީ ޝަރޫ ލޯންޗް ސާވިސަސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. އެގޮތުން 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.   

ފެނަކަ އަށް ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލަ އޭސީސީން ތަހުގިގު ކުރަމުންދާއިރު ސްޓްލެކޯ އަށް ދެލައްކަ ޑޮލަރު ގަތުމަށް ވެސް ޝަރޫ ލޯންޗް ސާވިސް އަށް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެ މައްސަލަ ސްޓެލްކޯގެ ފަރާތުން މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަންނަން ފައިސާ ދިން މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފަރާތުން ވެސް ވަނީ ޕލިހަށް ހުށަހަޅާފައެވެ. އެގޮތުން އެމްއެމްއޭ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ އަށް ޑޮލަރު ގަންނަން ފައިސާ ދިން މައްސަލާގައި އެމްއެމްއޭ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް