ކ. މާލެ
|
21 މާރޗް 2022 | ހޯމަ 16:33
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ސެލަނިޓާނާ ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ސެލަނިޓާނާ ބައްދަލުކުރި މެޗުގެ ތެރެއިން
-
އިޓާލިއަން ލީގު
ޔުވެންޓަސް ތިންވަނައާއި ގާތަށް
 
ޔުވެންޓަސް މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
މޮޅާއެކު ޔުވެންޓަސް ހަތަރުވަނައިގައި އޮތީ 59 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު ސެލަނިޓާނާ އާއި ބައްދަލުކުރި މެޗުން މޮޅުވެ، ތާވަލުގެ ތިންވަނަ އާއި ގާތަށް ޔުވެންޓަސް ޖެހިލައިފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްއަށް ލަނޑުތައް ޖަހައިދިނީ ޕައުލޯ ޑިބާލާ އަދި ޑުސާން ވްލަހޯވިޗްއެވެ.

މި މޮޅާއެކު ޔުވެންޓަސް ވަނީ ތާވަލުގެ ތިންވަނައިގައި އޮތް އިންޓަ މިލާންއާއި ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި 66 ޕޮއިންޓާއެކު އޭސީ މިލާން އޮތްއިރު، ދެވަނައިގައި ނަޕޯލީ އޮތީ 63 ޕޮއިންޓު ހޯދައިގެންނެވެ. 29 މެޗު ކުޅެގެން ލިބުނު 60 ޕޮއިންޓާއެކު އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 59 ޕޮއިންޓު ލިބިގެންނެވެ.

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެނީޒިއާގެ މައްޗަށް ސެމްޕްޑޯރިއާއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އެމްޕޯލީ އާއި ވެރޯނާ ބައްދަލުކުރި މެޗުގައި ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާ އެއްވަރު ކޮށްފައިވާއިރު، ބޮލޮގްނާގެ މައްޗަށް އެޓްލާންޓާ ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ރޯމާ އަތުން ލެޒިއޯ ބަލިވީ 3-0 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް