ކ. މާލެ
|
20 މާރޗް 2022 | އާދީއްތަ 17:23
އިޓާލިއަން ލީގުގައި ކަގްލިއާރީ އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ކަގްލިއާރީ އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނުން އެއްވަނައިގައި ހަމަޖެހިލައިފި
މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ކަގްލިއާރީގެ މައްޗަށް ކުރިހޯދާ އޭސީ މިލާނުން ލީގު ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ލީގު މެޗުގައި ހޮނިިހިރު ދުވަހުގެރޭ މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން މިލާން މޮޅުވެގެންނެވެ. މި މެޗުން މިލާން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫޑް ދިން ޕާހަކުން އިސްމާއިލް ބެނާކާއެވެ. މީގެ އިތުރުންވެސް ލަނޑު ޖެހުމަށް ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ނުހިފި ބޭކާރުވީއެވެ.

މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން މިލާނުން ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗު ކުޅެގެން ލިބުނު 66 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 63 ޕޮއިންޓާއެކު ވާދަވެރި ނަޕޯލީ އޮތްއިރު، 29 މެޗު ކުޅެގެން ލިބުނު 60 ޕޮއިންޓާއެކު އިންޓަ މިލާން އޮތީ ތާވަލުގެ ތިންވަނައިގައެވެ.

މިވަގުތު ތާވަލުގެ ތިންވަނައިގައި އިންޓަ މިލާން އޮތް ނަމަވެސް މެޗުތަކުގެ އަދަދު ހަމަކުރާއިރު ކުރިއަށް އޮތް މެޗުން އެޓީމު މޮޅުވެއްޖެނަމަ ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

- ކޮމެންޓް