ކ. މާލެ
|
20 މާރޗް 2022 | އާދީއްތަ 13:20
ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ރާޔޯ ވައެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ރާޔޯ ވައެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެތުލެޓިކޯއަށް އުނދަގޫ މޮޅެއް!
މި މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން
އެތުލެޓިކޯ އޮތީ ތާވަލުގެ ހަތަރުވަނައިގައި

ސްޕެނިޝް ލީގުގައި ރާޔޯ ވައެކާނޯ އާއި ބައްދަލުކުރި މެޗު އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރާޔޯގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގްރީޒްމަން އާއި ފީލިކްސްއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ނުހިފި ބޭކާރުވީއެވެ. އެތުލެޓިކޯއިން ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފު ފެށުނުތަނާއެވެ. މި ލަނޑަކީ ފެލިކްސް އާއެކު ވަރަށް ރީތި ވަނޓޫ ޕާހެއް ހެދުމަށްފަހު އެޓީމުގެ ކެޕްޓަން ކޮކޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރާޔޯއިން މި މެޗަށް ނުކުތީ މީގެ ކުރިން ކުޅުނު އަށް މެޗުންވެސް މޮޅެއް ނުލިބިއެވެ. ނަމަވެސް އެޓީމުން ވަނީ އެތުލެޓިކޯއަށް ވަރުގަދަ ފައިޓެއް ދީފައެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ރެފްރީގެ ނިންމުންތަކާއި ދެކޮޅަށް އެތުލެޓިކޯގެ އެންހެލް ކޮރެއާ ވާހަކަދެއްކުމުން އޭނާއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ.

މި އުނދަގޫ މޮޅާއެކު އެތުލެޓިކޯއިން ވަނީ ގަދަ ލީގު ތާވަލުގެ ގަދަ ހަތަރެއްގައި ހަމަޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 28 މެޗު ކުޅެގެން ލިބުނު 66 ޕޮއިންޓާއެކުއެވެ. ސެވިޔާއަށް ދެވަނަ ލިބެނީ 28 މެޗު ކުޅެގެން ލިބުނު 56 ޕޮއިންޓުންނެވެ. އެތުލެޓިކޯ އޮޔީ ތިންވަނައިގައެވެ. އެޓީމުން 29 މެޗު ކުޅުނުއިރު 54 ޕޮއިންޓު ހޯދާފައިވެއެވެ. 27 މެޗުން ލިބުނު 51 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.

- ކޮމެންޓް