Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 13:15
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
ދިއިކޮޅު ފަރާތްތަކުން ވަޒީރުންނާ ސުވާލު ކުރެއްވުމަށް ގިނަ ސުވާލުތަކެއް މަޖިލީހަށް މީގެކުރިން ހުށަހެޅުއްވި
ވަޒީރާ ސުވާލު ކުރުމަށް ފުރުސަތު ނުދެއްވާތީ ބައެއް މެމްބަރުން ކަނބޮޑުވުންވެސް ފާޅުކޮށްފައިވޭ
މިއީ މިއަހަރު މިހާތަނަށް ވަޒީރާ ސުވާކު ކުރުމަށް ދެވޭ ފުރަތަމަ ފުރުސަތު

ގިނަ ދުވަސްތަކަކަށްފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށާފައިވާއިރު، ނިމިދިޔަ ފުރަތަމަ ދައުރުގައި އެއްވެސް ވަޒީރަކާ ސުވާލު ކުރުމަށް ފުރުސަތު ދެއްވާފައިނުވާއިރު، މިދިއަ އަހަރުގެ ޖަލްސާތަކުގައި ވެސް ވަޒީރުންނާ ސުވާލު ކުރުމަށް ގިނަ ސުވާލުތަކެއް މަޖިލީހަށް ހުށަހަޅާފައިވީނަމަވެސް، ވަޒީރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވާފައި ވަނީ ވަރަށް މަދު ފަހަރެއްގަ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިގް އިބްރާހީމް އާ ކުރެއްވުމަށް ހުށަހަޅާފައިވާ ސުވާލު، އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވެއެވެ.

ރިޔާޒު، މިނިސްޓަރ ތޯރިގާއި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސުވާލަކީ ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަސައްކަތް ފެށޭނީ ކޮންދުވަހަކުންތޯ ސާފު ކުރެއްވުމަށް ހުށަހަޅާފައިވާ ސުވާލެވެ.

އެ ސުވާލުގެ އިތުރުން، އިތުރު ކަމެއް އަންގާރަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކުރައްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް