ކ. މާލެ
|
18 މާރޗް 2022 | ހުކުރު 11:21
އޮސްޓްރޭލިޔާ ކޯޓް ކޭސް
އޮސްޓްރޭލިޔާ ކޯޓް ކޭސް
ރޮއިޓާރސް
އޮސްޓްރޭލިޔާ ކޯޓު ކޭސް
އޮސްޓްރޭލިޔާއިން ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓަ އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަނީ
 
މިކަން ސާބިތުވެއްޖެ ނަމަ މެޓަ ކުންފުނި ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެ

އޮސްޓްރޭލިއާގެ ބައެއް މަޝްހޫރު ފަރާތްތަކުގެ ހުއްދަ ނުހޯދާ އެމީހުންގެ ނަން ބޭނުންކޮށްގެން ސްކޭމްތަކުގެ އިޝްތިހާރުތަކެއް ފޭސްބުކްގައި ހެދުމާއި ގުޅިގެން ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓަ އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އޮސްޓްރޭލިޔާއިން ފަށައިފިއެވެ. އެގައުމުން ބުނެފައިވަނީ އޮސްޓްރޭލިޔާގެ މަޝްހޫރު ބައެއް ފަރާތްތަކުގެ ހުއްދަނެތި، އެމީހުންގެ ނަމާ، އަދި އެމީހުން ބުނެފައި ނުވާ އިބާރާތްތައް ބޭނުން ކޮށްގެން މަކަރުވެރިކަމާއި އޮޅުވާލުން ހިމެނޭ ކްރިޕްޓޯ ކަރަންސީ ފަދަ ކަންކަން އިސްތިހާރު ކުރުމަށް ފޭސްބުކް ބޭނުންކޮށްފައިވާތީ އެކަން ކުށްވެރި ކުރާކަމުގައެވެ. އަދި މިމައްސަލަ މިހާރު ވަނީ ފެޑަރަލް ކޯޓް އޮފް އޮސްޓްރޭލިޔާއަށް ހުށައަޅާފައެވެ.

މިކަން ސާބިތުވެއްޖެނަމަ މެޓައަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަންނާނެއެވެ. އަދި އިތުރު އެހެން ފިޔަވަޅުތައްވެސް އެޅޭނެ ކަމަށް ބެލެވެއެވެ. މިކަމާ މެޓައިން އަދި ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ކުރިން އެފަރާތުން ވަނީ ސްކޭމް ކުރާ ފަރާތްތައް އެމީހުންގެ ޕްލެޓްފޯމުތަކާއި ދުރުކުރުމަކީ އަބަދުވެސް އިސްކަމެއްދޭނެ ކަމެއް ކަމަށް ބުނެފައެވެ.

ފޭސްބުކްގެ އިތުރުން ދުނިޔޭގައި މަގްބޫލް އިންސްޓަގްރާމް އަދި ވަޓްސްއަޕް އަކީވެސް މެޓައަށް ނިސްބަތްވާ ދެ ޕްލެޓްފޯމެވެ. އިޝްތިހާރުގެ ރެވެނިއުއަށް އެކަނި މެޓައަށް މިދިޔަ އަހަރު އެކަނި ވެސް 115 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް