ކ. މާލެ
|
16 މާރޗް 2022 | ބުދަ 07:46
ހަސަން ސާއިދު މުބާރާތެއްގައި ދުވަނީ
ހަސަން ސާއިދު މުބާރާތެއްގައި ދުވަނީ
ޓްވިޓަރ
މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް
އެވޯޑް ހަފްލާގައި ސާއިދުއަށް ބައިވެރި ނުވެވޭ، އޭނާ ހުންނާނީ ޤައުމު ތަމްސީލުކުރަން!
 
ސާއިދު ފުރީ ވަރލްޑް އެތްލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް 2022 ގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށް ބައިވެރިއެއް ނުވެވޭނެއެވެ. އޭނާއަށް ކުލަގަދަ ހަފްލާގައި ބައިވެރު ނުވެވެނީ ރާއްޖެ ތަމްސީލްކުރަން ފުރާފައިވާތީއެވެ.

ސާއިދު ރޭގެ ވަގުތެއްގައި ސާބިއާއަށް ފުރީ ވަރލްޑް އެތްލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ. ސާއިދު ޗެމްޕިއަންޝިޕަށް ފުރިއިރު އެތްލެޓިކްސްއިން އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. ސާއިދުގެ އިތުރުން ފިރިހެން އެތްލީޓުންފެ ތެރެއިން އެވޯޑަށް ވާދަކުރަނީ އިބާދުالله އާދަމްއާއި, ހުސެއިން ރިޒާއެވެ. މުބާރާތަށް ފުރުމުގެ ކުރިން ސާއިދު ބުނީ އެންމެ ބޮޑު ކުޅިވަރު އެވޯޑް ހަފްލާގައި ބައިވެރުނުވެވުމަކީ ދެރައެއް ކަމަށާއި, އެކަމަކު ދުނިޔޭގެ ފެންވަރުގައި ޤައުމު ތަމްސީލްކުރުމަކީ އަބަދުވެސް ލިބޭ އުފަލެއް އަދި ފަޚުރެއްކަމަށެވެ.

ވަރލްޑް އެތްލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ހުކުރުން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ސާއިދުގެ ކޯޗަކީ އަހުމަދު ފާއިލްއެވެ. ހަސަން ސާއިދުއަކީ އިންޑިވިޖުއަލް އެތްލީޓުންގެ ތެރެއިން ރާއްޖެއަށް އެންމެ ބޮޑަތި ކާމިޔާބީތައް ހޯދައިދިން އެތްލީޓެވެ. އޭނާ ވަނީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުން ރަން މެޑަލް, 200 މީޓަރުން ރިހި މެޑަލް, ސައުތް އޭޝިޔަން ގޭމްސްގެ 100 މީޓަރާއި, 200 މީޓަރުންވެސް ރިހި މެޑަލް ހޯދާފައެވެ.

އެންމެފަހުން ބޭއްވި ޤައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީވެސް ސާއިދުއެވެ. އެއީ 4 ރަން މެޑެއްޔާއި, ލޯ މެޑެއްޔެއް ހޯދައިގެންނެވެ. 100 މީޓަރާއި, 200 މީޓަރާއި, 400 މީޓަރުންވެސް ރަން މެޑަލް ހޯދީ ސާއިދުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް