ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 16:38
ޗައިނާގެ ވޫހާން ސިޓީގެ ޓްރެއިން ސްޓޭޝަނެއް ޑިސްއިންފެކްޓް ކުރަނީ
ޗައިނާގެ ވޫހާން ސިޓީގެ ޓްރެއިން ސްޓޭޝަނެއް ޑިސްއިންފެކްޓް ކުރަނީ
ރޮއިޓަރސް
ޗައިނާގެ ކޮވިޑްގެ ހާލަތު
ޗައިނާގައި ކޮވިޑް-19ގެ ކޭހުގެ އަދަދު އިތުރުވަނީ
އިތުރު ސަރޖެއް ވަނީ އައިސްފައި
އިތުރަށް ފިޔަވަޅުތައް ހަރުކަށި ކުރާނެ
އެއްވެސް ވަރަކަށް ބޭރަށް ނުނިކުމެވޭގޮތަށް، އަންގާރަ ދުވަހު 13 ސިޓީއެއް ފުރަބަންދުކުރި

ފުރަބަންދުކޮށްފައި އޮތް ޗައިނާއިން, ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި, މި ހަފުތާ ތެރޭގައި ބެއިޖިންގުން ގިނަ އަދަދެއްގެ ކޮވިޑް ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ހެލްތު އޮފިޝަލުން ވިދާޅުވީ, އަންގާރަ ދުވަހު އެކަނި ވެސް 5280 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދަދު އިތުރުވަމުންދާ ކަމަށެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި އިތުރު ސަރޖެއް އައިސްފައިވަނީ އޮމިކްރޯން ވޭރިއެންޓާ ގުޅިގެންނެވެ. އަދި ފާއިތުވި 6 ދުވަހުގެ ތެރޭގައި ވެސް 1000ށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އަންގާރަ ދުވަހު, އުތުރު އިރުމަތީގެ ޖިލިން ސިޓީން 3000ށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެގެން ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާއިން ދަނީ ''ޒީރޯ-ކޮވިޑް-19"ގެ ސްޓްރެޓެޖީގެ ދަށުން ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފާއިތުވި 2 އަހަރު ޗައިނާގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. އަދި މިހާރު ކޭހުގެ އަދަދު އިތުރުވުމާގުޅިގެން ބައެއް ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް އެއްވެސް ވަރަކަށް ބޭރަށް ނުނިކުމެވޭގޮތަށް ފުރަބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި އަންގާރަ ދުވަހު 13 ސިޓީއެއް ފުރަބަންދުކޮށްފައިވެއެވެ.

- ކޮމެންޓް