ކ. މާލެ
|
14 މާރޗް 2022 | ހޯމަ 08:52
ބަރަކް އޮބާމާ - އެމެރިކާގެ ކުރީގެ ރައީސް
ބަރަކް އޮބާމާ - އެމެރިކާގެ ކުރީގެ ރައީސް
ރޮއިޓަރސް
އޮބާމާ ކޮވިޑަށް ޕޮޒިޓިވްވުން
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކޮވިޑަށް ޕޮޒިޓިވް
އޮބާމާ ޕޮޒިޓިވް ވެފައިވަނީ އެމެރިކާގައި ކޮވިޑްގެ ނަމްބަރުތައް ދަށަށް ގޮސްފައިވަނިކޮށް
އޮބާމަ ވެކްސިން ޖައްސަވާފައިވަނީ މިދިޔަ އަހަރު
އަނބިކަނބަލުން މިޝެލް އޮބާއާއި ދެބޭފުޅުންވެސް ތިއްބެވީ ބޫސްޓަރ ޑޯޒްވެސް ޖައްސަވައިގެން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އާދީއްތަ ދުވަހު އޮބާމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ކަރަށް ދަތުވުން ފިޔަވައި އެހެން އަލާމާތްތަކެއް ފެނިފައި ނުވާކަމަށާއި ހާލުވެސް ރަނގަޅު ކަމަށެވެ. އަނބިކަބަލުން މިޝެލް އޮބާއާއި ދެބޭފުޅުންވެސް ތިއްބެވީ ބޫސްޓަރ ޑޯޒްވެސް ޖައްސަވައިގެން ކަމަށެވެ. އަދި އަނބިކަބަލުން ކޮވިޑަށް ނެގެޓިވް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އޮބާމާ ޕޮޒިޓިވް ވެފައިވަނީ އެމެރިކާގައި ކޮވިޑްގެ ނަމްބަރުތައް ދަށަށް ގޮސްފައިވަނިކޮށެވެ.

އޮބާމަ ވެކްސިން ޖައްސަވާފައިވަނީ މިދިޔަ އަހަރުއެވެ.

އޮބާމާ ވިދާޅުވީ، އަނބިކަނބަލުން މިޝެލްއާއި ދެ ބޭފުޅުން ވެކްސިން ޖެއްސެވީ ޕެންޑަމިކުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.

- ކޮމެންޓް