Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 01:31
ރައީސް މައުމޫން: ސަރުކާރުގެ ނިންމުމުން ކަންބޮޑުވުން ފާޅުކުރެއްވި
ރައީސް މައުމޫން: ސަރުކާރުގެ ނިންމުމުން ކަންބޮޑުވުން ފާޅުކުރެއްވި
މިހާރު
ގަތަރު-ރާއްޖެ
ރާއްޖެއިން ފަހަރަކު މުސްލިމް ޤައުމަކާ ގުޅުން ކަނޑަމުން ދިއުމަކީ ދެރަކަމެއް:ރައީސް މައުމޫން
އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މުސްލިމް މި ދިވެހި ރާއްޖެއިން ފަހަރަކު މުސްލިމް ގައުމަކާ ގުޅުން ކަނޑާލަމުން ގެންދިއުމަކީ ދެރަކަމެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއިން ޤަތަރާއެކު އޮތް ގުޅުން ކަނޑާލުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގަތަރާ ގުޅުން ކަނޑާލުމުގެ ކުރިން ރާއްޖެއިން ވަނީ އިރާނާ ވެސް ގުޅުން ކަނޑާލާފައި ކަމަށް ރައީސް މައުމޫން ފާހަގަ ކުރެއްވެވި އެވެ. 

ގަތަރާއި ރާއްޖެއިން ގުޅުން ކަނޑާލާފައިވާ އިރު ސައުދީއަރަބިއްޔާއާއި މިސްރާއި ބަހުރެއިން އަދި ޔޫއޭއީން ވެސް ވަނީ ގަތަރާއި އޮތް ގުޅުން ކަނޑާލާފައެވެ.

ސައުދީއަރަބިއްޔާ އިސްވެ އޮވެ ސައުދީއާއި ބައިވެރިވާ ގައުމުތަކުން ގަތަރާއި ގުޅުން ކަނޑަމުން ދަނީ އެ ގައުމުގެ ޓީވީން ގެނެސްދިން ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ޘާނީގެ މެސެޖެއްގައި ސައުދީގެ އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ. އަދި އެ މެސެޖްގައި ގަތަރު އަމީރުވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ހިޒްބުﷲ ޖަމާއަތް އަދި އީރާނަކީ ޓެރަރިސްޓުންކަމަށް ސައުދީއާއި ސައުދީ ބައިވެރިން ކަނޑައެޅި ކަނޑައެޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އީރާނަކީ އަދިވެސް އިސްލާމީ އުއްމަތުގެ ބާރެއްކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން ޤަތަރާ އޮންނަ ގުޅުން ކަނޑާލުމުން ސޯޝަލް މީޑިޔާގައި ދަނީ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެމްޑީޕީންވެސް ވަނީ ސަރުކާރުގެ އެނިންމުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް