ކ. މާލެ
|
11 މާރޗް 2022 | ހުކުރު 14:03
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
އުމްރާއަށް މީހުން ގެންދިޔުން
ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިތުރު 4 ކުންފުންޏަކަށް
ހުއްދަ ދީފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް
މިއާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު ވަނީ 41ށް އަރާފައި

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިތުރު ކުންފުނިތަކަށް ދީފިއެވެ.

ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށް ދީފައިވާ ކަމަށެވެ. އެއީ ޒާއިރު ޕްރައިވެޓް ލިމިޓެޑް، ރައުޟާ ޕްރައިވެޓް ލިމިޓެޑް، އުޙުދު ޙައްޖު އެންޑް އުމްރާ އަދި އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑަށެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވަނީ އުމްރާއަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލުގެ 4 ވަނަ މާއްދާގެ (ށ)ގައި ވާ ގޮތުގެ މަތިން 2 އަހަރު ދުވަހަށެވެ.

މިއާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު ވަނީ 41ށް އަރާފައެވެ.

ރާއްޖެ އިން މީހުން އުމްރާއަށް ގެންދިޔުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލަކީ ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެ އަޅުކަމަށް ދާ ދިވެހިންގެ ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓައި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެކުލަވާލި އުސޫލެކެވެ.

- ކޮމެންޓް