ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 14:34
ރަޝިޔާގެ އަސްކަރިއްޔާ ޔޫކްރެއިންގެ ތެރެއަށް ވަންނަނީ
ރަޝިޔާގެ އަސްކަރިއްޔާ ޔޫކްރެއިންގެ ތެރެއަށް ވަންނަނީ
ބީބީސީ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ އަސްކަރިއްޔާގެ 75 އިންސައްތަ ސިފައިން މިހާރު ތިބީ ޔޫކްރެއިންގެ އެތެރޭގައި
ސެޓެލައިޓް ފޮޓޯތަކުން ހާމަވާގޮތުގައި ކިޔެވް ކައިރީގައި ރަޝިޔާ އަސްކަރިއްޔާ އިން ވަނީ 40 މޭލުގެ ދިގު ސަފެއް ހަދާފައި
ކުރިން ޔޫކްރެއިންގެ ތެރޭގައި ތިބީ ރަޝިޔާ އަސްކަރިއްޔާގެ 40 އިންސައްތަ ސިފައިން

ރަޝިޔާ އަސްކަރިއްޔާގެ 75 އިންސައްތަ ސިފައިން މިހާރު ތިބީ ޔޫކްރެއިންގެ އެތެރޭގައި ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކުރިން ޔޫކްރެއިންގެ ތެރޭގައި ތިބީ ރަޝިޔާ އަސްކަރިއްޔާގެ 40 އިންސައްތަ ސިފައިންނެވެ. ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓްގެ ޑރ ޖެކް ވެޓްލިންގ ބީބީސީ ރޭޑިއޯ އާއި ވާހަކަދައްކަވަމުން ވިދާޅުވީ ޔޫކްރެއިންގެ ދެކުނުން ބެލަރޫސް އާއި ވީފަޅިން ރަޝިޔާގެ ފައުޖުތައް ކުރިޔަށް އަންނަމުންދާކަމަށެވެ. އެފައުޖުތައް އަންނަނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް އެރުމަށެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ ބޮޑުބައެއް ޔޫކްރެއިންގެ އެތެރޭގައި މިހާރު ތިބިއިރު ސެޓެލައިޓް ފޮޓޯތަކުން ހާމަވާގޮތުގައި ކިޔެވް ކައިރީގައި ރަޝިޔާ އަސްކަރިއްޔާ އިން ވަނީ 40 މޭލުގެ ދިގު ސަފެއް ހަދާފައެވެ. ކުރިން ބެލެވިފައިވަނީ މި ސަފުގެ ދިގުމިނަކީ 23 މޭލުކަމަށެވެ.

ހަނގުރާމައަށް 6 ވަނަ ދުވަސް ގުނަމުންދާއިރު ރަޝިޔާއިން އަންނަނީ ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް އިތުރުކުރަމުންނެވެ. އެއާއެކު އާންމުންގެ ގިނަ ބަޔަކު މަރުވަމުން އަންނަކަމުގެ ރިޕޯޓްތައް އަންނަނީ ލިބެމުންނެވެ.

އަނެއްކޮޅުން ޑރ ޖެކް ވިދާޅުވީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ފޯމޭޝަން މިހާރު ވަނީ ގެއްލިފައިކަމަށެވެ. ނަމަވެސް ރަޝިޔާ އާއި ދެކޮޅަށް ހަމަލާތައްދެމުންދާ ކަމުގައި ޑރ ޖެކް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް