ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 07:55
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރޮއިޓަރސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
ހަނގުރާމަ އާއި ދެކޮޅުހެދުމުގެ ގޮތުން ރަޝިޔާގެ އެކި ހިސާބުތަކުގައި ކުރިޔަށްދާ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 6006 އަށް އަރާފައި
ރަޝިޔާގެ ރައްޔިތުން ތިބީ ހަނގުރާމައަށް ތާއީދުކޮށްގެން ނޫންކަން ދައްކަންޖެހޭކަމަށާއި އެހެންކަމުން މަދަނީ ބަސްނޭހުމަކަށް ދިޔުމަށް ގޮވާލާކަމަށް ޓްވީޓްގައި ބުނެފައިވޭ
ޕުޓިން ޔޫކްރެއިން އާއި ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމަށްފަހު މަސައްކަތްކުރައްވަނީ ޔޫކްރެއިން އިން ރަޝިޔާއަށް ހަމަލާދޭކަމަށް އެންމެންނަށް ވިސްނައިދިނުމަށް

ރަޝިޔާއިން ޔޫކްރެއިން އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ޖަލުގައި މިވަގުތު ހުންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ގޮވާލައްވައިފިއެވެ.

ނަވަލްނީގެ ޓީމުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރެއްވުމަށްފަހު މަސައްކަތްކުރައްވަނީ ޔޫކްރެއިން އިން ރަޝިޔާއަށް ހަމަލާދޭކަމަށް އެންމެންނަށް ވިސްނައިދިނުމަށްކަމަށެވެ. ނަމަވެސް އެއީ އަދި ކަން ހިނގާ ގޮތް ނޫންކަމަށް ބުނެފައިވެއެވެ.

މިކަމުގައި ރަޝިޔާގެ ރައްޔިތުން ތިބީ ހަނގުރާމައަށް ތާއީދުކޮށްގެން ނޫންކަން ދައްކަންޖެހޭކަމަށާއި އެހެންކަމުން މަދަނީ ބަސްނޭހުމަކަށް ދިޔުމަށް ގޮވާލާކަމަށް ޓްވީޓްގައި ބުނެފައިވެއެވެ.

އަނެއްކޮޅުން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ރަޝިޔާގެ އެކި ހިސާބުތަކުގައި ކުރިޔަށްދާ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 6006 އަށް އަރާފައެވެ. މުޒާހަރާތައް މޮސްކޯ ހިމެނޭ ގޮތުން 27 ސަރަަހައްދެއްގައި ކުރިޔަށްދެއެވެ.

ނަވަލްނީ ޖަރުމަނުން ވަޑައިގެންނެވިތަނާ ވަނީ ޖަލަށް ލާފައެވެ. އޭނާ އާއި ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އެދައުވާތަކުގެ އަޑުއެހުންތައް ކޯޓުގައި އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް