Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 03:26
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން
ވީނިއުސް
ޖުމްހޫރީ ޕާޓީ
ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން
ދިދަ އާއި ލޯގޯ ބަދަލު ކުރެވޭނީ ކޮންގްރެސްއެއް ބާއްވައިގެން

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުންމަނާކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ ހިންގުން ހުއްޓުވުން ކަމަށް، އިނގިރޭސި ވިލާތަށް އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 

އާދީއްތަ ދުވަހުގެ ރޭ އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންގްރެސްއެއް ބާއްވައިގެން ނޫން ގޮތަކަށް ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާއި ހަވާލާދީ، ޖޭޕީގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދައާއި ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަބުނެ، އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް އަންގާފައިވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.

 

ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާކަމަށްބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް