ކ. މާލެ
|
5 ޖޫން 2017 | ހޯމަ 02:05
މާލޭ ސިޓީގެ މޭޔަރު ޞިފާ މުޙައްމަދު (ކ)، އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (މ)، ފުވައްމުލަކު ސިޓީގެ މޭޔަރު ޢަބްދުﷲ ފަލާހު ޝަރީފަ (ވ)
މާލޭ ސިޓީގެ މޭޔަރު ޞިފާ މުޙައްމަދު (ކ)، އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (މ)، ފުވައްމުލަކު ސިޓީގެ މޭޔަރު ޢަބްދުﷲ ފަލާހު ޝަރީފަ (ވ)
ރާއްޖެއެމްވީ
ލޯކަލް ކައުންސިލްތައް
ރައީސް ނަޝީދުގެ ޝުކުރު ޝިހާބަށް، މަރުޙަބާ ޞިފާ، ސޯބެ އަދި ފަލާޙަށް
3 ސިޓީގެ މޭޔަރުކަމަށް ހޮވުނީވެސް އެމްޑީޕީގެ ކައުންސިލަރުން
އައްޑޫގެ މޭޔަރުކަމަށް ސޯބެ ހޮވުނީ 3 ވަނަ ދައުރަށް
ގިނަ ކައުންސިލްތަކަށް މިހާރު ވަނީ ރައީސުން އިންތިޚާބުކޮށްފަ

ނިމިގެން ދިޔަ ދައުރުގައި މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވި މުޙައްމަދު ޝިހާބަށް ޝުކުރު ދަންނަވައި، 3 ސިޓީގެ މޭޔަރުންނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ދަންނަވައިފިއެވެ.

 

ވަކިވަކިން ކުރެއްވި ދެ ޓްވީޓްގެ ތެރެއިން ފުރަތަމަ ޓްވީޓްގައި އެމަނިކުފާނު ވަނީ ނިމިގެން ދިޔަ ދައުރުގައި މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބަށް ޝުކުރު ދަންނަވާފައެވެ.

 

ރައީސް ނަޝީދު ވިދާޅުވީ، އުނދަގޫ އަހަރުތަކެއްގެ ތެރޭގައި ޝިހާބުގެ ފަރާތުން ފެނިގެން ދިޔައީ، ހަމަޔާއި އިންސާފަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމާ، ވަފާތެރިކަން ކަމަށެވެ.

 

 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ މާލޭ ސިޓީގެ މޭޔަރު ކަމަށް އަލަށް އިންތިޚާބުވެވަޑައިގަތް ޞިފާ މުޙައްމަދާއި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިންވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތް ޢަބްދުﷲ ޞާދިޤު އާއި އަލަށް އުފެދިނު ފުވައްމުލަކު ސިޓީގެ ފުރަތަމަ މޭޔަރު ކަމަށް އިންތިޚާބު ވެވަޑައިގަތް ޢަބްދުﷲ ފަލާހު ޝަރީފަށް މަރުޙަބާ ދަންނަވައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.

 

 

މި ތިން ބޭފުޅުންނަކީވެސް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިޚާބު ވެވަޑައިގަތް ފަރާތްތަކެވެ.

 

މޭ މަހުގެ ހަވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ފުރަތަމަ ބުރާއި، މޭ 20 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރި ހުރިހާ ކައުންސިލަރުން ޖޫން 3 ވަނަ ދުވަހު ހުވާކޮށްފައިވާއިރު، މަދު މައުންސިލްތަކެއް ފިޔަވައި ހުރިހާ ކައުންސިލްތަކުން މިހާރު ވަނީ އެ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަން ކޮށްފައެވެ.

- ކޮމެންޓް