ކ. މާލެ
|
26 ފެބްރުއަރީ 2022 | ހޮނިހިރު 23:43
ޅ އަތޮޅު ހޮސްޕިޓަލުގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދަނީ
ޅ އަތޮޅު ހޮސްޕިޓަލުގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދަނީ
ޅ. އަތޮޅު ހޮސްޕިޓަލް
ކޮވިޑްގައި ދެމީހުން ނިޔާވުން
ކޮވިޑް-19ގައި އިތުރު ދެމީހުން ނިޔާވެއްޖެ
ދެ މީހުން ވެސް ނިޔާވީ ށ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް
އަންގާރަ ދުވަހު ނިޔާވީ 79 އަހަރުގެ އަންހެނެއް
ހުކުުރު ދުވަހު ނިޔާވީ 78 އަހަރުގެ ފިރިހެނެއް

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދެމީހަކު ނިޔާވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ށ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ އަންހެނެއް ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިމަހުގެ 22ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22ގައި ކަމަށެވެ.

މިއީ މި ބަލީގައި ނިޔާވި 295 ވަނަ މީހާއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ށ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 78 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިމަހުގެ 2 ވީ ހުކުރު ދުވަހުގެ ހަވީރު 4:55ގައެވެ.

މިއީ މިބަލީގައި ނިޔާވި 296 ވަނަ މީހާއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، މިހާތަނަށް 169148 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 153628 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. 15211 އެކްޓިވް ކޭސް ހިމެނޭއިރު، 14 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

- ކޮމެންޓް