ދީނީ ދަރުސް ދިނުމުގެ ހުއްދަ އަތުލާފައިވާ އައްޝައިޚް އިލްޔާސް ހުސައިނަށް، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން އިސްލާމިކް މިނިސްޓްރީން ދީފިއެވެ.
ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިލްޔާސް ވަނީ އާދީއްތަ ދުވަހު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ތަގުރީރު ކުރައްވާފައެވެ.
އިލްޔާސްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބާތިލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވީ ހުކުރު ދުވަހު ނުބަލައި އައްޑުސިޓީ ފޭދޫ މިސްކިތުގައި ހުކުރު ހުތުބާ ވިދާޅުވި މައްސަލާގައެވެ.
އިލްޔާސަށް ހުއްދަ އަލުން ދިނީ ކޮން ދުވަހަކުން ފެށިގެން ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ޝައިޚް އިލްޔާސަކީ އެބޭފުޅާގެ ދަރުސްތައް އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވާ ބޭފުޅެކެވެ.