ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 23:44
ލަންކާގެ މާކެޓް އިންޑެކްސް
ލަންކާގެ މާކެޓް އިންޑެކްސް
އިކޮނޮމީ ނެކްސްޓް
ލަންކާގެ މާކެޓް އިންޑެކްސް
ލަންކާގެ މާކެޓް އިންޑެކްސް 6 އިންސައްތަ ވެއްޓުމަށްފަހު އަނެއްކާވެސް މައްޗަށް ޖެހިލައިފި
ތެޔޮ ލިބުން ދަތިވުމާއި ކަރަންޓު ކެނޑުމުގެ މައްސަލައާއި ޑޮލަރުގެ މައްސަލަ ކުރިމަތިވެފައިވޭ
އިންވެސްޓަރުންގެ އިތުބާރު ވަނީ މާކެޓްގައި ގެއްލިފައި

ސްރީލަންކާގެ މާކެޓް އިންޑެކްސް 6 އިންސައްތަ ވެއްޓުމަށްފަހު އަނެއްކާ ވެސް މައްޗަށް ޖެހިލައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި 23 އޮކްޓޫބަރު 2020ން ފެށިގެން, އިންވެސްޓަރުން ޝެއަރ ކެންސަލްކޮށް, އަދި އަގުހެޔޮކޮށް ވިއްކާލުމުގެ ސަބަބުން ލަންކާގެ ހުރިހާ ޝެއަރ ޕްރައިޒް އިންޑެކްސް އަދި ލެކިއުޑް އެސް އެންޑް ޕީ އެސްއެލް އިންޑެކްސް ވަރަށް ބޮޑަށް ވަނީ ބަދަލުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮލަންބޯގެ ސްޓޮކް އެކްސްޗޭންޖް 1 ގަޑިއިރަށް މަޑުޖެހިފައިވެއެވެ. ސަބަބަކީ އެދުވަހުގެ ހެނދުނު 11:17ގައި ލިކުއިޑް އިންޑެކްސް 8 އިންސައްތައަށް ވުރެ ދަށުގައި ހުރުމުންކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އެ ގަޑީގައި އެސް އެންޑް ޕީ އެސް20 އިންޑެކްސް ވަނީ 5 އިންސައްތަ އަށް ވެސް ވެއްޓިފައެވެ. އަދި އެދުވަހުގެ ގަޑިން 12:13ގައި ހަމަ އެ އިންޑެކްސް ވަނީ 7.5 އިންސައްތައަށް ބަދަލުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރ އިންޑެކްސް 10811.27 ޕޮއިންޓުން 781.27 ޕޮއިންޓަށް ވެއްޓުނު ނަމަވެސް އެދުވަހުގެ މެންދުރުފަހު 2:30ގައި އިންޑެކްސް ވަނީ 11179.04ށް އަރާފައެވެ.

އެނަލިސްޓުން ވިދާޅުވާ ގޮތުގައި ލަންކާގައި ތެޔޮ ލިބުން ދަތިވުމާއި ކަރަންޓު ކެނޑުމުގެ މައްސަލައާއި ޑޮލަރުގެ މައްސަލަ އޮތްއިރު, އިންޑެކްސް ވެލިއުއަށް ބަދަލު އައުމުން އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. މިއީ އިގުތިސާދީގޮތުން ވަރަށް ބޮޑު ވެއްޓުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަނީ މާކެޓަށް ގެއްލިފައެވެ.

- ކޮމެންޓް